މަސްޖިދުލްއަޤްޞާގެ ބެލެނިވެރިކަން އޮންނަ އުރުދުން އިޒްރޭލްކޮޅަށް ދީލާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މަސްޖިދުލްއަޤްޞާގެ ބެލެނިވެރިކަން އޮންނަ އުރުދުން އިޒްރޭލްކޮޅަށް ދީލާލައިފި
މަސްޖިދުލްއަޤްޞާގެ ބެލެނިވެރިކަން ބަލަހައްޓަން ހަވާލުކޮށްފައިވާ އުރުދުން އިން އިޒްރޭލުކޮޅަށް ދީލާލައިފިއެވެ.

އުރްދުން ރަސްގެފާނު ރަސްގެފާނު ޢަބްދުﷲ ވިދާޅުވީ އެމެރިކާގެ ބައިވެރިވުން ނެތި ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ނުހޯދޭނެ ކަމަށެވެ.

ޢަބްދުﷲ ރަސްގެފާނު މިމޭރުމުން ވިދާޅުވެފައިވާއިރު ފަލަސްޠީނުން ބުނަމުން ގެންދަނީ އެމެރިކާގެ ދައުރެއް އޮވެގެން އެއްވެސް މަޝްވަރާއެއް ކުރަން ބޭނުން ނޫން ކަމަށެވެ.

ޢަބްދުﷲ ރަސްގެފާނު ވަނީ އެމެރިކާ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރުމަކީ މައްސަލައެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ. "އެހެން ހުރިހާ ޤައުމުތަކެއްގެ އެމްބަސީ މިހާރުވެސް ޖެރޫސަލަމްގައި އެބަހުރި."

ޑިސެމްބަރު މަހު ޢަބްދުﷲ ރަސްގެފާނު ވިދާޅުވީ އެމެރިކާ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރަން ނިންމި ނިންމުމަކީ އދގެ ޗާޓަރާއި ބައިނަލްއަޤްވާމީ ހަމަތަކާއި ޚިލާފަށް ކުރަން އުޅޭ ކަމެއް ކަމަށެވެ.
މިއަދު އޮންލައިން