ފަލަސްޠީނު މައްސަލައިގަ މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އިންޑިއާގެ ކިބައިން އެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ފަލަސްޠީނު މައްސަލައިގަ މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އިންޑިއާގެ ކިބައިން އެދިއްޖެ
ފަލަސްޠީނާއި އިޒްރޭލުގެ މައްސަލައިގައި ޞުލްހަވެރި ހައްލެއް ހޯދަން ކުރާ މަސައްކަތްތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އިންޑިއާގެ ކިބައިން ފަލަސްޠީނުން އެދިއްޖއެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް މިކަމަށް އެދިވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރި ނަރެންދުރަ މޯދީ ފަލަސްޠީނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ފަލަސްޠީނުން މިހާރުވެސް ވަނީ ފްރާންސާއި ޗައިނާގެ ކިބައިންވެސް މިކަމަށް އެދިފައެވެ. ނަމަވެސް އެމެރިކާގެ ނުފޫޒުގެ ސަބަބުން އެއްވެސް ޤައުމަކަށް ވަނީ މިކަމަށް ނުކުޅެދިފައެވެ.

މޯދީ ފަލަސްޠީނަށް ވަޑައިގަތީ އިއްޔެ އުރުދުންގެ ވެރިރަށް ޢައްމާނުން ހެލިކޮޕްޓަރެއްގައެވެ. މިދަތުރުފުޅުގައި ފަލަސްޠީނާއި އިންޑިއާގެ މެދުގައި ތަފާތު ދާއިރާތަކުން، ޚާއްޞަކޮށް ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ވަނީ ހަމަޖެހިފައެވެ.
މޯދީ ވެވަޑައިގަންނަވާނީ ފަލަސްޠީނަށް ޒިޔާރަތް ކުރެއްވި ފުރަތަމަ އިންޑިއާގެ ބޮޑުވަޒީރަށެވެ.
މިއަދު އޮންލައިން