އިނގިރޭސިވިލާތުގަ ޕްރޮސްޓްރޭޓް ކެންސަރު ޖެހިގެން ކޮންމެ 45 މިނިޓަކުން މީހަކު މަރުވޭ- ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އިނގިރޭސިވިލާތުގަ ޕްރޮސްޓްރޭޓް ކެންސަރު ޖެހިގެން ކޮންމެ 45 މިނިޓަކުން މީހަކު މަރުވޭ- ދިރާސާ
ޞިއްޙީ ގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގައި ކޮންމެ 45 މިނިޓަކުން ޕްރޮސްޓްރޭޓް ކެންސަރު ބަލީގެ މީހަކު މަރުވެއެވެ. އެކަމާއިމެދު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ދިރާސާއިން ދައްކާ ގޮތުގައި ކެންސަރުގެ ތަފާތު ބަލިތައް ހުރި ނަމަވެސް ކެންސަރު ބަލީގައި ގިނައިން މަރުވަނީ ފިރިހެނުންނެވެ. ފިރިހެނުން ގިނައިން މަރުވާ ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ބަލިވުމުން ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓް ކުރުމަށް ފިރިހެނުން އަންހެނުންނަށްވުރެ ފަރުވާކުޑަކަމެވެ.

މީގެ އިތުރުން އުރަމަތީ ކެންސަރަށް ސަމާލުކަން ދެވޭ ވަރަށް ޕްރޮސްޓްރޭޓް ކެންސަރަށް ސަމާލުކަން ދިނުމަށް ދަތިތަކެއް ވެސް އެބަހުއްޓެވެ. ދިރާސާގައި ބުނެފައިވަނީ އުރަމަތީ ކެންސަރުން ސަލާމަތްވުމަށް ފަންޑް ލިބޭ އަދަދާއި ގާތަކަށްވެސް ޕްރޮސްޓްރޭޓް ކެންސަރަށް ކުރަންޖެހޭ ދިރާސާތައް ކުރަންވެސް ފަންޑް ނުލިބޭ ކަމަށެވެ.

ދިރާސާގައި ބުނެފައިވަނީ އަންހެނުންނާއި ފިރިހެނުންނަށް ޖެހޭ ކެންސަރުގެ ބަލިތަކުގައި މަރުވާ ފިރިހެނުންގެ އަދަދު 67 އިންސައްތަ އިތުރު ކަމަށެވެ. އެހެންކަމުން ޑޮކްޓަރަށް ދެއްކުމުގައި ފިރިހެނުން އިތުރަށް ސަމާލުކަން ދިނުމަށް ވަނީ ގޮވާލައިފައެވެ.
މިއަދު އޮންލައިން