މުސްލިމް އަންހެނުން ހެދުން ލުމުގައި ގައަށް ދޫ ދިގު ހެދުން (ައަބާޔާ) ލާން ނުޖެހޭނެ ކަމަށާއި އެއީ ދީނީވަންތަ ކަމެއް ނޫން ކަމަށް ސައުދިއަރަބިޔާގެ ދީނީ އިލްމުވެރިއަކު ފަތުވާ ދިފިއެވެ.
ޝައިޚް ޢަބްދުﷲ އަލް މުތްލާޤް ކިޔާ އިލްމުވެރިއަކު ހަފްތާ ރޭޑިއޯ ޕްރޮގްރާމްގައި ބުނީ ދުނިޔޭގެ މުސްލިމް އަންހެނުންގެ 90 އިންސައްތަ އަންހެނުން ހެދުން އަޅަނީ ގައަށް ދޫކޮށް އަދި ދިގުކޮށް ނޫން ކަމަށެވެ.
ދީނީ އިލްމުވެރިން ކަމަށް ބުނާ މީހުން އަރުވައިގެން މިފަދަ ވާހަކަތައް ދައްކުވައި ފަތުވާތައް ނެރެނީ ސައުދީ އަންހެނުން ޒަމާނީ ކުރުވަން ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ. މީނާއަކީ މިފަދަ ފަތުވާ ނެރޭ މީހަކަށްވާތީ ނިދާ އަލްއިސްލާމްގެ ނަމުގައި ކުރިއަށް ގެންދާ މިޕްރޮގްރާމް ގިނައިން ހުށަހަޅަން ފުރުޞަތު ދެނީ ވެސް މީނާއަށެވެ.
ސައުދީގައި މިފަދަ ދީނީ އިލްމުވެރިން ދެމުން ގެންދާ ފަތުވާތަކުގެ ސަބަބުން ދީނީ އިލްމުވެރިންގެ މެދުގައި މިހާރުވެސް ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުންތައް އުފެދިފައެވެ. ބޮޑެތި މައްސަލަތައްވެސް ވަނީ އުފެދިފައެވެ.
ސައުދީ ސަރުކާރުން މިފަދަ ފަތުވާތަކަށް ހިތްވަރުދެއެވެ. ސަރުކާރުން ދެކެނީ މިފަދަ ބަދަލުތަކުގެ ސަބަބުން ސައުދީ އަންހެނުން ޒަމާނީވުމުން ކާފަރުންެގެ ފާޑުކިޔުންތައް ޤައުމަށް ކުޑަވާނެ ކަމަށެވެ.