ލޯބވެރިޔާ ދެކެ ލޯބިން ފިރިިމީހާ މަރާލުމަށްފަހު ކޮށާ ކުދިކޮށް ބައިތަށް ކޯރަކަށް އުކާލައިފިއެވެ. އިންޑިއާގެ ޕަތްނާގައި މިކަންކުރީ އުމުރުން 36 އަހަރުގެ ފިރިމީހާ ފިހާރަ ބަންދުކޮށްފައި އައިސް ކައިގެން ނިދުމުންނެވެ.
މިދިއަ ހޯމަ ދުވަހުން ފެށިގެން ފިރިމީހާގެ އެއްވެސް ޚަބަރެއް އޭނާގެ މައިން ބަފައިންނަށް ނުވުމުން އަނބިމީހާ އާއި ސުވާލުކުރުމުން ބުނީ ހޯމަ ދުވަހުން ފެށިގެން ވީތަނެއް ނުއެނގޭ ކަމަށެވެ. އެހެންކަމުން ދަރިފުޅު ވަގަށް ނެގީކަމަށް ބަލައި އާއިލާއިން މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އަނބިމީހާ ހޯދަން ދިއައިރު ވަނީ ގެ ދުކޮށް ފިލައިފައެވެ.
ފުލުހުންގެ މަސައްކަތުން އެނާ ހޯދައި ކުރި ތަޙްޤީޤުން އެނގުނީ ފިރިމީހާ އެ ރޭ ނިދުމުން މަރާލީ ލޯބިވެރިޔާ ދެކެވާލޯބިން ދެ މީހުން ގުޅިގެން ކަމަށެވެ. އަދި މަރާލުމަށްފަހު ކުދިކޮށް ކޮށައިލުމަށްފަހު އެއްބައި ގޭގެ ފާޚާނާއިން ފްލަޝް ކުރުމަށްފަހު ދެން ހުރި ބައިތަށް ދެ ކޮތަޅަކަށް އަޅައިގެން ގެންގޮސް ކޯރަށް އުކައިލީއެވެ.
ފުލުހުން މިހާރު ވަނީ ބައެއް ގުނަވަންތައް ހޯދައި މިކަމުގައި ބައިވެރިވި ދެ މީހުންވެސް ހައްޔަރުކޮށްފައެވެ.