2017 ވަނަ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާ ދިރާގު އިން އިއުލާން ކޮށްފި

ކިޔުމަށް ހޭދަވާނީ 58ސ
2017 ވަނަ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާ ދިރާގު އިން އިއުލާން ކޮށްފި
ދިރާގުގެ ޑައިރެކްޓަރުންގެ ބޯޑުން ވަނީ 2017 ވަނަ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 897،560،00 (އަށް ސަތޭކަ ނުވަދިހަ ހަތް މިލިއަން ފަސް ލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ ނުވަތަ ހިއްސާއަކަށް 11.81 ރުފިޔާ، ކުންފުނީގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި ފާސް ކުރަން ނިންމާފައިވާ ކަމަށް ދިރާގު އިން ބުނެފިއެވެ.

އެގޮތުން 2017 ވަނަ އަހަރުގެ ހިއްސާގެ ޖުމްލަ ފައިދާ ބެހިފައިވަނީ:

ހ. ހިއްސާއަކަށް 5.96 ރުފިޔާ (ޖުމްލަ 452،960،000 ރުފިޔާ) ގެ ގޮތުގައި 2017 ވަނަ އަހަރު ބެހުނު އިންޓަރިމް ޑިވިޑެންޓް، އަދި

ށ. ހިއްސާއަކަށް 5.85 ރުފިޔާ (ޖުމްލަ 444،600،000 ރުފިޔާ) ގެ ގޮތުގައި ކަނޑައެޅުމަށް ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާ 2017 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޓްގެ މައްޗަށެވެ.

ދިރާގުން ބުނެފައިވާ ގޮތުގައި 2017 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޓްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބަހާނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އިއުލާން ކުރާ "ބުކް ކްލޯޝަރ ޑޭޓް" ގައި ކުންފުނީގެ ރެޖިސްޓާގައިވާ ހިއްސާދާރުންގެ މެދުގައި ކަމަށެވެ.
މިއަދު އޮންލައިން