ފިރިމީހާ އާ ހަޑިބަހުން ވާހަކަދެއްކި އަންހެނަކު 5،000 ދިރުހަމުން ޖުރުމަނާކޮށްފިއެވެ.
ދުބާއީގެ ކޯޓަކުން ފުރަތަމަ ކުރި ޙުކުމް ކުރީ 1 މަސް ދުވަހަށް ޖަލަށްލުމަށެވެ. އެހުކުމާއި ގުޅިގެން ފިރިމީހާ ކޯޓުގައި ކުރި އާދޭހަށް 5،000 ދިރުހަމުން ޖުރުމަނާކުރަން ނިންމީއެވެ.
މައްސަލަ ކުރިމަތިވީ ފިރިމީހާ އަނބިމިހާއަށް ފޯނުކުރުމުން ގެއަށް އައުން ލަސްވެގެން ރުޅި ގަދަވެ ހަޑިހުތުރުބަހުން ވާހަކަދެއްކި މައްސަލައެއް ފިރިމީހާ ފުލުހުންނަށް ހުށަހެޅުމުންނެވެ. ފިރިމީހާ ރުޅިގަދަވީ އޭނާގެ މައިންބަފައިންނާއިއެކު ހުއްޓާ އެގޮތަށް ވާހަކަދެއްކުމުންނެވެ.
ކޯޓުގައި އަނބިމީހާ ވަނީ ކުށަށް މާފަށް އެދިފައެވެ. އަދި އެއީ ގެއަށް އައުން ލަސްވުމުން މެދުވެރިވި ކަމެއް ކަމަށްވެސް ބުނެފައެވެ. ފަނޑިޔާރު ވިދާޅުވީ ދެމަފިރިން އެކަކު އަނެކަކަށް އިޙްތިރާމް ކުޑަކުރުމަކީ ވެސް ކުށެއް ކަމަށެވެ.