ބަރަކް އާއި މިޝޭލް އޮބާމާގެ ރަސްމީ ޕޯޓްރޭޓް އިފްތިތާޙް ކޮށްފި

ކިޔުމަށް ހޭދަވާނީ 57ސ
ބަރަކް އާއި މިޝޭލް އޮބާމާގެ ރަސްމީ ޕޯޓްރޭޓް އިފްތިތާޙް ކޮށްފި
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އޭނާގެ އަނބިކަނބަލުން މިޝޭލް އޮބާމާ ގެ ރަސްމީ ޕޯޓްރޭޓް އިފްތިތާހް ކޮށްފިއެވެ.

އޮބާމާ ގެ ދެކަނބަލުންގެ ރަސްމީ ޕޯޓްރެއިޓް އިފްތިތާޙް ކުރުން އޮތީ ވޮޝިންގޓަން ޑީސީ ގެ ސްމިތުސޯނިއަންސް ނޭޝަނަލް ޕޯޓްރެއިޓް ގެލެރީގައެވެ.



ބަރަކް އޮބާމާގެ ޕޯޓްރެއިޓް ކުރަހާފައިވަނީ، އެފްރިކަން-އެމެރިކަނުންގެ ޕޯޓްރެއިޓު ކުރެހުމަށް އެމެރިކާގައި ނަން މައްޝޫރު ވެފައިވާ ކުރެހުންތެރިއެެއް ކަމަށްވާ ކެހިންޑެ ވައިލީ އެވެ.

މިޝޭލް އޮބާމާގެ ޕޯޓްރެއިޓް ކުރަހާފައިވަނީ ވެސް ހަމައެފަދައިން ނަން މައްޝޫރުވެފައިވާ އަންހެން ކުރެހުންތެރިއެއް ކަމަށްވާ އޭމީ ޝެރަލްޑް އެވެ.



މިޚާއްސަ ރަސްމިއްޔާތުގައި އެދެކަނބަލުންނާއިއެކު ބައިވެރިވި މީހުންގެ ލިސްޓުގައި ސްޓީވަން ސްޕީލްބާރގް އާއި ޓޮމް ހޭންކްސް ވެސް ހިމެނެއެވެ.

ކުރެހުންތަކާއިމެދު އޮބާމާގެ ދެކަނބަލުން ވެސް ވަރަށް ހިތްހަމަޖެހޭކަމަށް ވިދާޅުވަމުން، ބަރަކް އޮބާމާ ވިދާޅުވީ، އެމަނިކުފާނުގެ މުޅި އާއިލާގެ އެހެން އެއްވެސް ބޭފުޅެއްގެ ޕޯޓްރެއިޓެއް އަދި ހެދިފައި ނުވާ ކަމަށާއި އެހެންކަމުން މިއީ ލިބިން ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މިއަދު އޮންލައިން