އަވަށްޓެރި ޤައުމަކުން ޔޫއޭއީއަށް ދުއްވާފައި އައި ކޮންކްރީޓް މިކްސަރެއްގެތެރޭގައި ފޮރުވައިގެން ޔޫއޭއީއަށް އެތެރެކުރަން އުޅުނު 22 މީހަކު އަތުލައިގެންފިއެވެ. އެމީހުން އަތުލައިގަތީ ބޯޑަރު ސަރަހައްދުން ކަސްޓަމްސް އޮފިސަރުން މިކްސަރު ހިފަހައްޓައި ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ސްކޭން ކުރިކުރުމުގައެވެ.
ކަސްޓަމްސް އޮފިސަރުން ބުނީ މިކްސަރުތެރެއިން މީހުންތަކެއް ފެނުމުން ބޮޑު ސިހުމެއް ލިބުނު ކަމަށާއި އެހިސާބުން ޑްރައިވަރު ލައްވައި މިކްސަރު ރައްކާތެރިތަނަކަށް ގެންގޮސް މަތި ހުޅުވައި މީހުން ބޭލުވީ ކަމަށެވެ.
މިކްސަރުގައި ފިލާތިބީ އޭސިއާއަށާއި އަވަށްޓެރި ޤައުމަކަށް ނިޞްބަތްވާ ބައެކެވެ. އެއިގެތެރޭގައި އަންހެނުންވެސް ހިމެނެއެވެ.