ފޭސްބުކުގަ ގިނަ ލައިކް ހޯދަން އުޅުނު ދެކުއްޖަކު ހަތިޔާރު ގެންގުޅުމުގެ ކުށުގަ ޖަލަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ފޭސްބުކުގަ ގިނަ ލައިކް ހޯދަން އުޅުނު ދެކުއްޖަކު ހަތިޔާރު ގެންގުޅުމުގެ ކުށުގަ ޖަލަށް
ފޭސްބުކް ޕޭޖްގައި ގިނަ ލައިކް ހޯދުމުގެ ބޭނުމުގައި ފޮޓޯއެއް ހާމަކުރި އިންޑިއާގެ ޕަޓްނާގެ ދެ ކުއްޖަކު ހަތިޔާރު ގެންގުލުމުގެ ކުށުގައި ޖަަލަށް ލައިފިއެވެ. ދެކުދިން، ފޭސްބުކްގައި މީގެ ދެހަފްތާކުރިން ޝާއިއިރުކުރި ފޮޓޯއެއްގައިވަނީ އެއްކުއްޖަކު އަނެއް ކުއްޖަކަށް ފިސްތޯލަ ދިއްކޮށްގެން ތިބޭ މަންޒަރެކެވެ.

ދެކުދިން ބުނީ ފިސްތޯލައަކީ ކޯރެއްގެ އައްސޭރިން ހޮވި އެއްޗެއް ކަމަށެވެ. ސިއްރުން ގެއަށް ގެންގޮސް ފޮޓޯއެއް ނަގައި ފޭސްބުކްގައި ޝާއިއުކުރީ ގިނަ ލައިކް ހޯދަން ކަމަށާއި އެއީ ޖަލަށްލާނެ ކުށެއްކަން ނުއެނގޭ ކަމަށެވެ. ދެ ހަފްތާއިން ލިބިފައިވަނީ 86 ލައިކެވެ.

ފުލުހުން ދެކުދިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރު ގެންގުލުމުގެ ކުށުގައެވެ.
މިއަދު އޮންލައިން