ދެލޮލުން ލޭ ފައިބާތީ، ޖިންނިއެއް ކަމަށް ބުނެ ފިރިއަކު އަނބިމީހާ ދޫކޮށްލައިފި

ކިޔުމަށް ހޭދަވާނީ 59ސ
ދެލޮލުން ލޭ ފައިބާތީ، ޖިންނިއެއް ކަމަށް ބުނެ ފިރިއަކު އަނބިމީހާ ދޫކޮށްލައިފި
އިންޑިއާގެ އަންހެނަކަށް ޖެހިފައިވާ އާދަޔާ ޚިލާފު ބައްޔެއްގެ ސަބަބުން، ދާހިއްލުމުން އޭނާގެ ދެލޮލުންނާއި މޫނުން ފައިބަނީ ލެއެވެ.

އުތުރު އިންޑިއާގެ ބިހާރް ގައި ދިރިއުޅޭ އުމުރުން 21 އަހަރުގެ ގީތާ ނަމަކަށް ކިޔާ މިއަންހެން މީހާއަށް ޖެހިފައިވަނީ ހެމަޓޮހައިޑްރޮސިސް ނަމަކަށް ކިޔާ ބައްޔެކެވެ. މިބައްޔަކީދުނިޔޭގެ ކޮންމެ ދިހަ މިލިއަން މީހުންގެ ތެރެއިން އެކަކަށް ޖެހޭ ބައްޔެކެވެ.



ގީތާއަށް މިބަލި ޖެހިފައިވުމުގެ ސަބަބުން، އޭނާގެ ފިރިމީހާ ވަނީ މިދިޔަ އަހަރު އޭނާ ދޫކޮށްލަފައެވެ. ދާހިއްލަން ފެށުމުން ކުއްލިއަކަށް ގީތާގެ ދެލޮލުން ލޭއަންނަން ފެށުމުން، އޭނާގެ ފިރިމީހާ ބުނީ ގީތާއަކީ ޖިންނިއެއް ކަމަށެވެ.

ގީތާގެ މައިންބަފައިން އެންމެ ބޮޑަށް ފިކުރު ބޮޑުވަނީ، މިބަލީގެ ސަބަބުން އޭނާއަށް ރަނގަޅު އުފާވެރި މުސްތަޤުބަލެއް ނުލިބޭތީ ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ.



އިންޑިއާގެ "ދަ ޖަރނަލް އޮފް ހެމަޓޮލޮޖީ" ގައި ޝާޢިއު ކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ، ހެމަޓޮހައިޑްރޮސިސް ނަމަކަށް ކިޔާ މިބަލީގައި މާބޮޑަށް ފިކުރު ބޮޑުވުމުގެ ސަބަބުންނާއި ބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ދާހިއްލުމުން، ލޮލުން ލޭފައިބާނެ ކަމަށެވެ. އަދި ފިކުރު ބޮޑުވާ ވަރަކަށް އެކަންތައް ބޮޑުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިއަދު އޮންލައިން