ރޭލުގައި އިށީންނާނެ ޖާގަ އާއިމެދު ދެބަސްވެ ކުރީގެ ނޭވީ އޮފިސަރަކު 64 އަހަރުގެ މީހަކު މަރާލައިފިއެވެ. މަރާލީ އޮނުބުރިއަކުން ތަޅައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދިއަތާ މާގިނައިރުތަކެއް ނުވެ އޭނާ ވަނީ މަރުވެފައެވެ. މިހާދިސާ ހިނގާފައިވަނީ ޚަދަވިލް ރޭލްވޭ ސްޓޭޝަނުން މީހުން އަރަން އުޅުމުގެ ތެރޭގައެވެ.
ރޭލުގައި ތިބި މީހުން ބުނީ ދެމީހުންވެސް އިށީންނަން ބޭނުންވީ އެއްތަނެއްގައި ކަމަށާއި އެކަމާ ދެމީހުންގެ މެދުގައި ހިނގި ޒުވާބުގެ ތެރެއިން އޮނުބުރިއެއް ނަގައި ތަޅައިގަތީ ކަމަށެވެ. ފުލުހުން ބުނީ ކުށްކުރި މީހާ ބަންދުކޮށްފައިވާ ކަމަށާއި ތަހްޤީޤް ކުރިއަށް ގެންދާ ކަމަށެވެ.