ލޯބިވާ މަންމާއެވެ! ފާއިތުވި އަހަރުތަކުގައި އަހަރެމެން އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތްކުރީމުއެވެ. ނަމަވެސް މަންމަގެ ފުރާނަ ސަލާމަތްކުރަން ހަމަ އެއްވެސް މަސައްކަތެއް ނުކުރެވުނެވެ.
ސާލިމް އާއި އެނާގެ ޢާއިލާ ނިޞްބަތްވަނީ ސީރިޔާގެ ޣައުތާ އަވަށެވެ. ސާލިމާއި އޭނާގެ 3 ކޮއްކޮ ފާއިތުވި އަހަރުތަކުގައި ކުރި ހަމައެކަނި މަސައްކަތަކީ ސަރަހައް ދޭ ހަމަލާތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތެވެ. ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވެދިނުމުގެ ޚިދުމަތެވެ.
މިދިއަ ބުރާސްފަތި ދުވަހަކީ 4 ބެއިންގެ ލޯތައް ކަރުނައިން ފުރިގެންދިއަ ދުވަހެވެ. ފަތިސް ވަގުތު ސަރުކާރުގެ ސިފައިންެގެ ޖެޓްތައް ކުއްލިއަކަށް އައިސް ބޮންތައް އޮއްސައިގަތީއެވެ. މީހުން ސަލާމަތްކުރަން އެއްވެސް މަސައްކަތެއް ކުރާނެ ފުރުޞަތެއް ނުލިބެއެވެ. ނަތީޖާއަކީ 4 ބެއިންގެ 80 އަހަރުވީ މަންމަ މަރުވުމެވެ.
މަންމަގެ މަރުވެފައި އޮތް ހަށިގަނޑު ކައިރީގައި ތިބެ ރޮމުން 4 ބެއިންނަށް ވެސް ބުނެވުނީ ހަމަ އެންމެ ވާހަކައެކެވެ. "ލޯބިވާ މަންމާއެވެ. މަންމަގެ އެހީތެރިކަމާއި ހިތްވަރުން ހިތްވަރު ލިބިގެން އަހަރެމެން މާތް ﷲ ގެ މަގުގައި ކުރި މަސައްކަތުން އެތައް ހާސް ބައަކަށް ރައްކައުތެރިކަން ހޯދައި ދެވިއްޖެއެވެ. އެތައް ހާސް ބައަކަށް އެކި ގޮތް ގޮތުން އެހީތެރިވެވިއްޖެއެވެ. ނަމަވެސް އެންމެ މުހިންމު ވަގުތު ޖެހުމުން އަހަރެމެން އެކަކަށް ކުރެވުނު އެއްވެސް ކަމެއް އޮތް ކަމަކަށް ނުވިއެވެ. ލޯބިވާ މަންމާއެވެ! އަހަރެމެންނަކީ ކީއްކުރެވޭ ބައެއް ހެއްޔެވެ!"
ަމަންމަގެ ހަށިގަނޑު މިހާރު ވަނީ ވަޅުލައިފައެވެ. 4 ބެއިންގެ ވެސް އަޒުމަކީ ހަމަ އިންސާނުންގެ ހިމާޔަތުގައި މަސައްކަތްކުރުމެވެ.