އެކްސިޑެންޓްވެ ފިރިމީހާ މަރުވުމުން އަނބިމީހާގެ ސިކުނޑިއަށް ލިބުނު ގެއްލުންތަކަށް 787،000 ރުޕީސްގެ ބަދަލެއް ދޭން އިންޑިއާގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.
ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ ފިރިމީހާ މަރުވުމުން ބަދަލު ހޯދަން އިންޝުއަރެނެސް ކުންފުންޏަށް ހުށަހެޅުމުން ފައިސާ ނުދީ ލަސްކުރުމަކީ އަނބިމީހާއަށް ސިކުނޑީގެ މައްސަލަތައް ބޮޑުވާން މެދުވެރިވި އެއް ސަބަބު ކަމަށެވެ.
ފިރިމީހާ މަރުވުމުން ކުރި ޓެސްޓްތަކުން އެނގުނު ގޮތުގައި ފިރިމީހާ ވަނީ ބަނގު އާތްވަށް ޕޮޒިޓިވްވެފައެވެ. އިންޝުއަރަންސް ކުންފުނިން ބުނީ ބަނގުއާތްވަކީވެސް ބަނގުރާ ކަމަށާއި ބަދަލުދޭން ނުޖެހޭނެ ކަމަށެވެ.
ޝަރީއަތުގައި އަނބިމީހާ ވަނީ ފިރިމީހާ އަކީ ދުވަހަކުވެސް ބަނގުރާ ބޭނުން ނުކުރާ މީހެއްކަން ސާބިތުކޮށްދީފައެވެ. އަދި ބަނގުއާވީގެ އަސަރު ފެނުނީ ކެއްސާތީ ބޯން ޑޮކްޓަރު ދިން ބޭހަކުން ކަންވެސް ސާބިތުކޮށްދީފައެވެ.
ޝަރީޢަތް ނިމެން 4 އަހަރު ދުވަސް ހޭދަކުރަންޖެހުނެވެ.