ބިރުވެރި ފިލްމެއް ކުޅެނިކޮށް ހަގީގަތުގައިވެސް ޖިންނިއެއް އަވަލައިފި

ކިޔުމަށް ހޭދަވާނީ 1މ 12ސ
ބިރުވެރި ފިލްމެއް ކުޅެނިކޮށް ހަގީގަތުގައިވެސް ޖިންނިއެއް އަވަލައިފި
ރޫހާނީ ބާރުތައް ނުވަތަ ޖިންނީންނަކީ ހަގީގަތުގައި ވެސް މިދުނިޔޭގައި އުޅޭ އެއްެޗެއްކަން ޤަބޫލު ކުރަނީ މަދު ބައެކެވެ. ގޭތެރޭގައި އުޅޭއިރު ނުވަތަ ކޮޓަރި ތެރޭގައި ވެސް އިންނައިރު، ތިމާއަށް ނުފެންނަ އެއްޗެހިތަކެއް ތިމާގެ ވަށައިގެން އުޅޭކަން ޤަބޫލުކޮށް، ރައްކާތެރިވެގެން އުޅެނީ ވެސް މަދު ބައެކެވެ. ރައްކާތެރި ނުވުމުގެ ސަބަބުން ހިތާމަވެރި ބިރުވެރި އެތަކެއް ހާދިސާތަކަކާއި ތިމާ ކުރިމަތިލާން ޖެހެއެވެ.

މިފަދަ ހާދިސާއެއް ދާދި ފަހުން ކެމްބޯޑިއާ ގައި ވެސް ހިނގާފައިވެއެވެ.

ބިރުވެރި ފިލްމެއް ކުޅެ، އެފިލްމުގެ މަންޒަރުތަކެއް ނަގަނިކޮށް، ފިލްމުގައި އެކްޓު ކުރާ ބަޠަލާއާއި ހަގީގަތުގައި ވެސް ޖިންނިއެއް އަވަލީއެވެ.

އެފިލްމުގައި ބަޠަލާ ކުޅެމުން ދިޔައީ ވެސް ޖިންނިއެއްގެ ރޯލެވެ. ނަމަވެސް ޝޫޓިންގ ތެރެއިން ހަގީގަތުގައި ވެސް ރޫހާނީ ބާރަކުން އޭނާގެ ހަށިގަނޑު ތެރެއަށްވަދެ، އަވަލުމުގެ ސަބަބުން، އޭނާ ވަނީ އެކުގައި މަސައްކަތް ކުރި މީހަކަށް ހަމަލާވެސް ދީފައެވެ.

އެތަނުގައި ތިބި ބައެއް މީހުން ވަނީ އެހާދިސާ ވީޑިއޯ ކޮށްފައެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި ޖިންނި އަވަލާފައިވާ އަންހެން މީހާ އިންނަނީ އިށީންދެގެންނެވެ. އަދި އެތަނުގައި ތިބި ބައެއް މީހުން، އޭނާގެ ގައިތެރެއަށް ވަދެގެން އުޅޭ ޖިންނިއާއި މުޢާމަލާތްކޮށް، އެއަންހެން މީހާގެ ހަށިގަނޑު ތެރެއިން ނިކުމެގެން ދިޔުމަށް ބުނަމުން ދިޔައެވެ.

ޖިންނީންގެ އުނދަގުލެއް ޖެހުމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް، ދީނީ ޢިލްމުވެރިން އަބަދުވެސް ނަސޭޙަތްތެރިވަމުން ދެއެވެ.

މިއަދު އޮންލައިން