10 އަހަރަށްފަހު އިނގިރޭސިވިލާތަށް ބިންހެލުމެއް އަތުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
10 އަހަރަށްފަހު އިނގިރޭސިވިލާތަށް ބިންހެލުމެއް އަތުވެއްޖެ
10 އަހަރަށްފަހު އިނގިރޭސިވިލާތަށް ބިންހެލުމެއް އަތުވެއްޖެއެވެ. ހޮނިހިރު ދުވަހު ވޭލްސްގެ ސަރަހައްދުތަކަށް ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 4.4 ގެ ބާރުމިނުގައެވެ.

ބިންހެލުމުގެ އަސަރު ވޭލްސްގެ 12 ކިލޯމީޓަރުގެ ސަރަހައްދަކަށް ވަނީ ކޮށްފައެވެ. ނަމަވެސް އެއްވެސް ގެއްލުމެއް ލިބުނު ކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.

އިނގިރޭސިވިލާތަކީ ބާރު ގަދަ ބިންހެލުންތައް ގިނައިން އަންނަ ޤައުމެއް ނޫނެވެ. އެންމެ ފަހުން ފާހަގަ ކުރެވިފައިވަނީ 2008 ވަނަ އަހަރު 5.2 ގެ ބާރު މިނުގައި އައި ބިންހެލުމެވެ.
މިއަދު އޮންލައިން