ދިވެހިރާއްޖޭގައި މުވާސަލަތާއި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ދިރާގުން ވީހާވެސް ގިނަ ކަސްޓަމަރުންނަށް 4ޖީ ސިމް އަދި ހެޔޮއަގުގައި 4ޖީ ފޯނު ގަންނަން ލިބޭ ހާއްސަ ދެ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
4ޖީ ސިމް ޕްރޮމޯޝަންގެ ދަށުން ދިރާގުން ވަނީ މިހާރު ދިރާގު 2ޖ އަދި 3ޖ ސިމް ގެންގުޅޭފަރާތްތަކަށް ހިލޭ 4ޖ ސިމް އަކަށް ބަދަލުކޮށްލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިގޮތަށް ހިލޭ 4ޖީ ސިމް ނަގާފަރާތްތަކަށް 2 މަސްދުވަހަށް ކޮންމެ މަހަކު 2 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.
ދިރާގުން ބުނެފައިވަނީ މި ޓެކްނޮލޮޖީގެ މަންފާ ގިނަ ބަޔަކަށް ތަސައްވަރު ކުރެވޭނެ ގޮތަށް ރަނަގަޅު ފެންވަރުގެ 4ޖީ މޯބައިލް ފޯން ހެޔޮ އަގުގައި ލިބޭނެ ޕްރޮގްރާމެއްވެސް ވަނީ ފަށާފައިކަމަށާއި ފޯން ގަންނަ ފަރާތްތަކަށް ހިލޭ ޑޭޓާ އަދި ބިލް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ އެކުންފުނިން ފަށާފައިކަމަވެ. އޭގެ ތެރޭގައި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ދެ ޕްރޮމޯޝަނެއް ވެއެވެ.
ސެމްސަންގް ފަދަ ރަނގަޅު ބްރޭންޑް ތަކުގެ މެދުފަންތީގެ ފޯން މި ޕްރޮމޯޝަންގެ ދަށުން 1500 ރުފިޔާ އާއި 3499 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ގަންނަން ލިބޭނެއިރު އަދި ޕޯސްތްޕެއިދްގައި ބިލް ޑިސްކައުންޓް %40 އާއި %50 ދެމެދުން ލިބޭ އިރު ބައްލވައިގަންނަވާ ކޮންމެ ފޯނަކުން ވެސް 2ޖީބީގެ ޑޭޓާވެސް ހިލޭ ލިބޭނެކަމަށާޢި އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ހިލޭ 2ޖީބީ ގެ ޑޭޓާގެ އިތުރުން ބައްލަވައިގަންނަވާ ކްރެޑިޓް ދެ ގުނައަށް މި ފޯން ޕްރޮމޯޝަންގެ ދަށުން ބޮޑުވާނެކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.
ދިރާގުން ރާއްޖޭގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީ މިފަދަ ޕްރޮމޯޝަންތައް ހިންގުމުގައި އަބަދުވެސް ބަލަނީ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަސޭހަތައް ގެނުވައި އުފާވެރި މުސްތަގްބަލެއް ހޯދުމުގައި އެހީތެރިވެދިނުމުވެ.
ދިރާގަކީ ރާއްޖޭގައި މޯބައިލް ޓެކްނޮލޮޖީގެ އެންމެ ފަހުގެ4ޖީ ޓެކްނޮލޮޖީ އެންމެ ހަލުވުމިނުގައި އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ކުންފުންޏެވެ.