މަންމަ މަރައިގެން 31 އަހަރުގެ ޖަލުހުކުމެއްގަ ހުރި އިންޖިނޭރަކު 7 އަހަރުގެ ކުއްޖަކު ރޭޕްކޮށް މެރި މައްސަލައެއްގަ މަރަން ޙުކުމްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
މަންމަ މަރައިގެން 31 އަހަރުގެ ޖަލުހުކުމެއްގަ ހުރި   އިންޖިނޭރަކު 7 އަހަރުގެ ކުއްޖަކު ރޭޕްކޮށް މެރި މައްސަލައެއްގަ މަރަން ޙުކުމްކޮށްފި
މަންމަ މަރައިގެން 31 އަހަރުގެ ޖަލުހުކުމެއްގަ ހުރި އިންޖިނޭރަކު 7 އަހަރުގެ ކުޑަކުއްޖަކު ރޭޕްކޮށް މެރި މައްސަލައެއްގައި މަރަން ޙުކުމްކޮށްފި އެވެ.

އިންޑިއާގެ ޗެންނާއީގެ ކޯޓަކުން 23 އަަހަރުގެ ދަސްވަންތަށް 31 އަަހަރުގެ ޖަލުހުކުމެއް އިއްވީ ކުއްޖާ ރޭޕްކޮށް މަރައިގެން ބަންދުކޮށްފައި ހުއްޓާ ބައްޕަ ލޯނެއް ނަގައި ކަފާލާތުގެ ފައިސާ ދައްކައި ދަސްވަންތު މިނިވަންކުރުމުން ގެއަށް އައިސް މަންމަ މެރުމުންނެވެ.

އޭނާ އެފަހަރު ހައްޔަރުކުރީ މަންމަ މެރުމަށްފަހު މަންމަގެ ގަަހަނާކޮޅު ވަގަށްނަގައި ފިލައިގެން ގޮސް މުމްބާއީގައި އުޅެނިކޮށެވެ.

އޭނާ މަރަން ހުކުމް އިއްވީ 7 އަހަރުގެ އަންހެން ކުއްޖާއަށް ކުޅޭ އެއްޗެއް ދައްކައި އޭނޭ ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ރޭޕްކުރުމަށްފަހު މަރާލައި ގޯންޏަކަށް ލާފައި އޮއްވާ ފެނުނު މައްސަލައިގައެވެ.

މައްސަލައިގައި ހެކި ނުލިބުމުން އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް ކުއްޖާގެ ހެދުމުން ފެނުނު ސާމްޕަލްތަކުގެ ޑީެންއޭ ދިމާވުމުން އެއީ ހެކި ކަމަށް ކަނޑައަޅައި މަރަން ޙުކުމްކުރީއެވެ.

ކޯޓުން މިއަދު ޙުކުމް އިއްވުމުން އަންހެން ކުއްޖާގެ ބައްޕަ ބުނީ މިރޭ އަރާމުގައި އާއިލާއަށް ނިދައިލެވޭނެ ކަމަށެވެ.
މިއަދު އޮންލައިން