ވާރލްޑް އެޗް.އާރް.ޑީ ކޮންގްރެސް 2018 ގައި އުރީދޫ މޯލްޑިވްސް އިން ރަންވަނަތަކެއް ކާމިޔާބުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 14ސ
ވާރލްޑް އެޗް.އާރް.ޑީ ކޮންގްރެސް 2018 ގައި އުރީދޫ މޯލްޑިވްސް އިން ރަންވަނަތަކެއް ކާމިޔާބުކޮށްފި
ވާރލްޑް އެޗްއާރްޑީ ކޮންގްރެސް 2018 ގައި، އުރީދޫ މޯލްޑިވްސްއިން ފާހަގަކުރެވޭ ތިން އެވާރޑެއް ކާމިޔާބުކޮށްފިއެވެ. ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން 16 ފެބްރުއަރީ2018 ވަނަ ދުވަހު، މުމްބާއިގައި ބޭއްވުނު އެންމެ ބޮޑު އެއް ރަސްމިއްޔާތު ކަމުގައިވާ މި ހަފްލާގައި، މިއަހަރު ޖުމްލަ 2000އަށް ވުރެ ގިނަ އެޗްއާރް އޮފިޝަލުން ބައިވެރިވިއެވެ.

އުރީދޫ މޯލްޑިވްސްއިން ކާމިޔާބުކުރި އެވާރޑްތަކުގެ ތެރޭގައި ހިމެނެނީ ގްލޯބަލް އެޗްއާރް އެކްސެލެންސް އެވާރޑް ފޮ ބެސްޓް ސްޓްރެޓެޖީ އިން ލައިން ވިތް ބިޒްނަސް އާއި ގްލޯބަލް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް ފޮ އެކްސެލެންސް އިން އެޗްއާރް ތްރޫ އިނޮވޭޝަން އަދި ގްލޯބަލް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް ފޮ ޓެލެންޓް މެނޭޖްމަންޓް އެވެ.

މި އެވާރޑްތަކާއި ހަވާލުވެވަޑައިގަތީ އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް، މުޙައްމަދު ޝާހިދު އާއި ސީނިއަރ މެނޭޖަރ އޯގަނައިޒޭޝަން ޑެވެލޮޕްމަންޓް، ފަޒްނާ މަންސޫރް އެވެ.

މިކަމާއިގުޅިގެން އުރީދޫގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން، މުހައްމަދު ޝާހިދު ވިދާޅުވީ އުރީދޫ އަކީ މުވައްޒަފުންގެ ކުރިއެރުމަށް ނުހަނު އަހަމިއްޔަތުކަމެއް ދޭ ކުންފުންޏަކަށް ވެފައި، ހިއުމަން ރިސޯސަސްގެ ދާއިރާއިން އުރީދޫ ގެ މަސައްކަތް ފާހަގަކުރެވިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށާއި އުރީދޫގެ އަމާޒަކީ ކޮންމެ ބޭފުޅެއްގެ ދިރިއުޅުމަށްވެސް އިތުރު ފުރިހަމަކަމެއް ގެނެސްދިނުންކަމުގައި ވީ ހިނދު، މި އަމާޒުގެ ތެރޭގައި އުރީދޫގެ މުވައްޒަފުންގެ ހިމެނުމަކީ އަޅުގަނޑުމެން ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ފަހި މުސްތަޤްބަލަކާއި ހަމައަށް އުރީދޫ ގެންގޮސްދިނުމަށްޓަކައި، މަސައްކަތަށް ޝައުގުވެރިކަން ހުންނަ، ހުނަރުވެރި މުވައްޒަފުން ބިނާ ކުރުމަށް އުރީދޫ އިން ގިނަގުނަ މަސައްކަތްތަކެއް ކުރާކަމަށްވެސް މުހައްމަދު ޝާހިދު ވިދާޅުވިއެވެ.

400 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ އުރީދޫ މޯލްޑިވްސް އަކީރާއްޖޭގައި ވަޒީފާ އަދާ ކުރަން އެންމެ މަގްބޫލު އެއް ކުންފުންޏެވެ. އުރީދޫ އިން ރާއްޖޭގައި ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ، ކުންފުނީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތް ކަމަށް އުރީދޫއިން ގަބޫލު ކުރެއެވެ. މުވައްޒަފުންގެ ހިޔާލުތަކަށް ހާއްސަ އިސްކަމެއް ދީގެން، އުރީދޫ އިން މަސައްކަތް ކުރަނީ ޓެލެންޓް މެނޭޖްމަންޓްގެބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސް ތަކުގެ އެހީގައި، މުވައްޒަފުން އިތުރަށް ބިނާކޮށް، ޓީމު ވަރުގަދަ ކުރުމަށެވެ. އަދި ވަޒީފާގެ މައިދާނުގައި ކުރިއެރުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައިދިނުމަށް، އުރީދޫ އިން ހާއްސަ އަހަމިއްޔަތުކަމެއް ދެއެވެ.

2017 ވަނަ އަހަރު އުރީދޫ އިންވަނީ، ބައިނަލްއަޤްވާމީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މީގެ ތެރޭގައި، އަހަރުގެއެންމެއީޖާދީކުންފުނިއަދިއަހަރުގެއެންމެމޮޅުއާޚިދުމަތް (ޕޭމަންޓްސޮލިއުޝަންސޮފްޓްވެއަރ) ގެގިންތިންދެ ސްޓީވީއިންޓަނޭޝަނަލްބިޒްނަސްއެވޯޑު ވަނީ ހާސިލްކޮށްފައި އެވެ. މީގެ އިތުރުން، އުރީދޫ ސްމާޓް ކެމްޕަސް ޙިދުމަތް ވަނީ، އެންޓަރޕްރައިސް ސަރވިސް އިނޮވޭޝަންގެ ދާއިރާއިން، ގްލޯބަލް ޓެލެކޮމް ބިޒްނަސް އެވޯޑެއް ހޯދައިފައެވެ.

ހަމައެހެންމެ، މުވާސަލާތީ ދާއިރާގައި އެންމެ ބަލައިގަނެވިފައިވާ އެވޯޑު ކަމުގައިވާ ގްލާމޯ އެވޯޑް އަކަށް އުރީދޫގެ ޕޭމަންޓް ޕޯޓަލް ކަމުގައިވާ އެމް-ފައިސާ ވަނީ ޝޯޓްލިސްޓް ކުރެވިފައިއެވެ. ގްލޯމޯ އެވޯޑް ކާމިޔާބު ކުރާ ފަރާތްތަށް އިއުލާނު ކުރާނީ، މި ފެބްރުއަރީ މަހުގެ ފަހުކޮށް ސްޕެއިންގައި ބާއްވާ މޮބައިލް ވަރލްޑް ކޮންގްރެސްގައި އެވެ.
މިއަދު އޮންލައިން