ކައިވެނީގެ ކިއެވެނި ކިޔައި ނުނިމެނީސް ހަފްލާއިން ނުކުމެ ދުވަމުން އިމްތިހާން ހަދަން ދާންޖެހިއްޖެއެވެ.
އިންޑިއާގެ ޕަޓްނާގައި މިފަދަ ހާދިސާއެއް ހިނގަން މެދުވެރިވީ ކައިވެނި ވަކި ދުވަހެއްގެ ވަކި ވަގުތެއްގައި ކުރަން ނިންމާފައި ވަނިކޮށް ކައިވެނީގެ ދުވަހު ކޮންމެހެން ބައިވެރިވާންޖެހޭ އިމްތިޙާނެއް ހަދަން ޖެހުމުންނެވެ.
މީގެ ދެ ދުވަސް ކުރިން ހިނގި މިކަމާއި ގުޅިގެން ކައިވެނިކުރި ފިރިހެން މީހާއަށް ޖެހުނީ އެކަނި ކައިވެނީގެ ހަފްލާގެ ދެން އޮތްބައި ކުރިއަށް ގެންދިއުމަށެވެ. އަނބިމާހާއަށް އިމްތިހާން ހަދައި ނިމިގެން ނުކުމެވުނީ އިމްތިހާނު ހޯލު ބޭރުގައި 3 ގަޑިއިރު އިންތިޒާރުކުރިފަހުންނެވެ.
މިފަދަ ގޮތްތައް މެދުވެރިވަނީ ހިންދޫންގެ މެދުގައި ކައިވެނީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އިރުވަރަށް އިސްކަންދޭތީއެވެ.