5 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، މަރައިލި 2 މީހަކު ފުލުހުންގެ ބަންދުގަ ތިއްބައި އެތަނަށް ރައްޔިތުންގެ ބައަކު ވަދެ 2 މީހުން ދަމާ ނެރެ ތަޅާ މަރާލައިފިއެވެ.
އިންޑިއާގެ އުތުރުގެ އަވަށެއްގައި ހިންގި މިހާދިސާގައި ފުލުހުން ޕޮލިސް ސްޓޭޝަން ކައިރިއަށް ހާހެއްހައި މީހުން ގޮސް ވަނީ އެ ދެ މީހުން އެމީހުންނާއި ހަވާލުކުރުމަށް އެދިފައެވެ. އެކަމަށް ފުލުހުން ދެކޮޅު ހެދުމުން ޕޮލިސް ސްޓޭޝަނަށް ވަދެގަނެ ދެ މީހުން ދަމާ ނެރެ ތަޅައި މަރައިލީއެވެ.
ފުލުހުން ބުނީ 15 ވަރަކަށް ފުލުހުންނަށްވެސް މިކަމުގެތެރޭގައި އަނިޔާވި ކަމަށެވެ. އެއްވި މީހުން ބުނީ މިބާވަތުގެ އަމަލުތައް ހުއްޓުވޭނީ މިގޮތަށް އަމަލުކޮށްގެން ކަމަށެވެ.