ޚަބަރުގައިވާ ފޮޓޯއަށް ރަނގަޅަށް ބައްލަވައިލައްވާށެވެ. އިންސާނަކު ދިރިއުޅެމުން ގެންދާ ޙާލަތު ހިތަށް ގެންނަވާށެވެ. އޭނާ ހަރަކާތްތެރިވަމުން އަންނަ ޙާލަތަށް ރަނގަޅަށް ބައްލަވައިލައްވާށެވެ. ހަށިގަނޑާއި ގުޅަންޖެހިފައިވާ ލައިފް ސޭވިންގ ވަސީލަތްތަކަށް ރަނގަޅަށް ބައްލަވައިލައްވާށެވެ.
ދުނިޔެއަށް އުފަންވާއިރު މިފަދަ ނިކަމެތި ހާލުގައި އުފަންވަނީ ވަރަށް މަދު ކުއްޖެކެވެ. އެހެންކަމުން އެންމެ ތުއްތު އިރުންސުރެ މިފަދަ ހާލެއްގައި އުޅެންޖެހެނީ ހަމަ ވަރަށް މަދު ކުއްޖަކަށެވެ.
ދުޅަ ހެޔޮ ޞިއްޙަތުގައި ހުރެ ބޮޑުވާފަހުން ނުވަތަ އުމުރުން ދުވަސްވާފަހުން މިފަދަ ނިކަމެތިކަން ލިބޭ މީހުންގެ އަދަދު ގިނަ ނޫން ނަމަވެސް ކޮންމެވެސް ބައަކަށް ދަނީ މިފަދަ ހާލަތުތައް ކުރިމަތިވަމުންނެވެ. އަދި މިފަދަ ހާލަތު ކުރިމަތިވަނީ ކުރިއާލައި އެނގިގެނެއް ނޫނެވެ.
ކަންކަން ނުވަތަ ޙާލަތު މިފަދައިން މެދުވެރިވަމުން އަންނައިރުު ތިމާއަށް ބާރުތައް ލިބި އަދި ދުޅަ ހެޔޮ ޞިއްޙަތެއްގައި ހުރެ އަމިއްލަ އިޚްތިޔާރުތަކުގައި ކަންކަން ކުރަމުން ގެންދާއިރު ކޮންމެ ވަގުތަކުވެސް ތިމާއަށް މިފަދަ ހާލަތެއް ޖެހިދާނެ ކަމާއިމެދު ވިސްނައިލުން ކީއްތޯއެވެ!