އިންޑިއާގެ ޑޮކްޓަރުންގެ ޓީމަކުން ނަގާފައިވާ މި ޓިޔުމަރުގެ ބަރުދަނުގައި 1.8 ކިލޯ ހުރިއިރު ބޮޑުމިނުގައި 30- 20 ސެންޓިމީޓަރު ހުރިކަމަށްވެއެވެ. މިކަމަށްޓަކައި ކުރި އޮޕަރޭޝަން 6 ގަޑިއިރަށް ދެމިގެންދިއައެވެ.
މުމްބާއީގެ ނާއިރު ހޮސްޕިޓަލުގައި މިމަހުގެ 14 ވަނަ ދުވަހު ކުރި މި އޮޕަރޭޝަން ކުރި ޓީމުގެ ވެރިއަކަަށްހުރި ޑރ. ތްރްމޫރުތީ ނަދްކާރނި ބުނީ މިކޭސްގައި އޮޕަރޭޝަން ކުރަންޖެހުނީ ބޮލުގެ މަތީގައި އުފެދިފައިވާ އިތުރު ބޮލެއް ކަމަށެވެ. "އެހެންވެ ކަށިތައް ބުރިކޮށްގެން އޮޕަރޭޝަން ކުރަންޖެހުނީ."
ޑރ. ތްރްމޫރުތީ ނަދްކާރނި ބުނީ 31 އަހަރުގެ ސަންތްލާލް ޕަލްގެ ހާލު މިހާރު ރަނގަޅު ކަމަށާއި ކުރިއަށް އޮތީ ފަސޭހަވުން ކަމަށެވެ.
ޓިޔުމަރު ހުރިއިރު އޭނާއަށް އަބަދުވެސް އުޅެންޖެހުނީ ބޮލުގައި ރިއްސާތީއެވެ. ލޯވެސް އައީ އަނދިރިވަމުންނެވެ.