ކައިވެނީގެ ހަފްލާގައި ލިބުނު ޕާރުސަލެއް ގޮވައި ފިރިމީހާ އާއި އޭނާގެ މާމަ މަރުވެއްޖެއެވެ. އަނބިމީހާއަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
އިންޑިއާގެ އޮޑިއްސާގައި ހިނގި މިހާދިސާގައި ޕާރުސަލް ގޮވާފައިވަނީ ހަފްލާ ނިމިގެން ގެއަށް އައިސް ޕާރުސަލްތައް ކަނޑަން އުޅުމުގެ ތެރޭގައެވެ. ފުލުހުން ދަނީ އާއިލާ އާއި ގުޅިގެން ޕާރުސަލް ގެންގޮސް ދިން މީހާ ހޯދަން މަސައްކަތްކުރަމުންނެވެ.
މިފަދަ މައްސަލަތަކާއި ގުޅިގެން ކައިވެނީގެ ހަފްލާތަކަށް ޕާރސަލް ފަދަ ތަކެތި ގެންދިއުން މިހާރު ދަނީ މަނާކުރަމުންނެވެ.