ގަދަވަޔާއި ހިރަފުހުގެ ސަބަބުން އާސިރުގެ ސްކޫލްތައް ބަންދުކޮށްފި
ގަދަވަޔާއި ހިރަފުހުގެ ސަބަބުން މަގުމައްޗަށް ނުކުމެ އުޅެން ދަތިވާ ހާލަތަށް ދިއުމުން ސައުދިއަރަބިޔާގެ ޢާސިރުގެ ސްކޫލްތައް މިއަދު ބަންދުކޮށްފިއެވެ.
ތައުލީމީ އިދާރާއިން ބުނެފައިވަނީ ސްކޫލްތައް ބަންދުކުރީ މިއަދު އިތުރަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
ގަދަވަޔާއި ވެއްޔާއި ހިރަފުހުގެ ތޫދާންތަކުގެ ސަބަބުން މި ދިއަ އަަހަރުވެސް ސައުދީގެ ގިނަ ސަރަހައްދުތަކެއްގައި މިފަދަ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.