އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސްރީ ދޭވީގެ ޕޯސްޓްމޯޓޮމް ރިޕޯޓަށް ބަލާއިރު ހަށިގަނޑުން ބަނގުރަލުގެ އަސަރު ފެނު ކަމަށާއި މަރުވީ އޭނާ ހުރި ކޮޓަރީގެ ފެންބިލިގާއަށް ގެނބިގެން ކަމަށް ދުބާއީ ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިކަންކަމުގައި އެއްވެސް ގުޅުމެއް ހުރިތޯ ބެލުމަށް އިތުރު ތަޙްޤީޤްތައް ކުރިއަށް ގެންދާ ކަމަށެވެ. "އޭނާ މަރުވީ ކޮން ސަބަބަކާއިހުރެކަން ބުނާކަށް އަދި ނޭނގެ. ގުޅުންހުރި ކަންތައްތައް މިގެންދަނީ ބަލަމުން."
އެންމެ ފަހުގެ ރިޕޯޓްގައި ބުނެފައިވަނީ މަރުގެ މިފަދަ މައްސަލަތަކާއި ގުޅިގެން ކުރިއަށް ގެންދަންޖެހޭ ޤާނޫނީ މައްސަލަތައް ކުރިއަށް ގެންދިއުމަށް މިހާރު ފުލުހުން ވަނީ ރިޕޯޓްތައް ފޮނުވާފައި ކަމަށެވެ.
ސްރީދޭވީއަކީ އިންޑިއާގެ އެންމެ މަޝްހޫރު ފިލްމީ ބަޠޮލާއިންގެ ތެރޭގައި ހިމެނޭ އަންހެނަކަށްވާތީ ތަޙްޤީޤްތައް ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް ސަމާލުކަން ދީގެންނެވެ.