ޔަހޫދީއަކު އިސްލާމްވުމުން 38 މަހަށް ޖަލަށް!
އިޒްރޭލްގެ ޔަހޫދީއަކު އިސްލާމްވުމުން 38 މަސް ދުވަހަށް ޖަލަށް ލުމަށް އިޒްރޭލުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
ކޯޓުން އުމުރުން 40 އަހަރުގެ ވެލެންޓިންގެ މައްޗަށް ހުކުމްކުރީ އޭނާ އުޅެނީ އައިއެސް އާއި ގުޅެން ސީރިޔާއަށް ދާން ކަމަށް ބުނެއެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.
އޭނާ އިސްލާމްވުމާއި ގުޅިގެން ޔަހޫދީން އައީ ގިނަ މައްސަލަތަކެއް ކުރިމަތިކުރުވަމުންނެވެ. ތުރުކީ މަގުން ސީރިޔާއަށް ދާން އުޅޭކަމަށް ބުނެ އޭނާ ހައްޔަރުކޮށްފައިވަނީ މިދިއަ އަަހަރުގެ ފެބްރުއަރީ މަހު އެވެ.