60 އަހަރުގެ މީހެއްގެ ފައިމައްޗަށް ސޭލާއެއް އެރުމުން 4،482،000 ރުޕީސްގެ ބަދަލެއް ދިނުމަށް ޙުކުމްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 30ސ
60 އަހަރުގެ މީހެއްގެ ފައިމައްޗަށް ސޭލާއެއް އެރުމުން 4،482،000 ރުޕީސްގެ ބަދަލެއް ދިނުމަށް ޙުކުމްކޮށްފި
އިންޑިއާގައި މިދިއަ އަހަރު ހިނގި އެކްސިޑެންޓެއްގައި 60 އަހަރުގެ މީހެއްގެ ފައިމައްޗަށް ސޭލާއެއް އެރުމުން 4،482،000 ރުޕީސްގެ ބަދަލެއް ދިނުމަށް ދިއްލީ ކޯޓުން ޙުކުމްކޮށްފިއެވެ.

ސޭލާއަކީ ހުރިހާ ގެއްލުމަކަށް ބަދަލު ލިބޭ ގޮތަށް އިންޝުއަރކޮށްފައިވާ ސޭލާއަކަށްވާތީ ޙުކުމްކޮށްފައިވަނީ އިންޝުއަރަންސް ކުންފުނީގެ މައްޗަށެވެ.

ފަނޑިޔާރު ވިދާޅުވީ އޭނާގެ ފައިމައްޗަށް ސޭލާ އަރައި ފައިގެ ކަށިތައް މުގުރިފައި ވުމުން އޭނާ ވަނީ ނުކުޅެދޭ މީހަކަށް ވުމުން ނަގައިދެވެން އޮތް އެންމެ ބޮޑު ބަަދަލެއް ހޯދައިދިނުމަކީ ކޯޓަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.
މިއަދު އޮންލައިން