ބިހާރުގެ ރައްޔިތުންގެ މަޖިލީހުގައި ވެސް މިއަދު މިކަމުގައި މައްސަލަ ހޫނުވެ ވަނީ ވަރަށް ގަދައަށް ޒުވާބުކޮށްފައެވެ. އިދިކޮޅު މެންބަރުން ބުނަމުން ގެންދަނީ މަރުވި ކުދިންގެ ޢާއިލާތަކަށާއި އަނިޔާ ލިބުނު ފަރާތްތަކަށް ސަރުކާރުން ބަދަލުދޭން ޖެހޭނެ ކަމަށެވެ.
ބީޖޭޕީގެ ލީޑަރެއް ކަމަށްވާ މަނޯޖް ބާތިއާ އަމިއްލައަށް ދުއްވި ވެހިކަލް ކޮންޓްރޯލް ނުކުރެވިގެން ގޮސް ކުދިންތަކުގެ ގައިގައި ޖެހުނީ ސްކޫލުން ނިމިގެން ނުކުތް ވަގުތުއެވެ. ވެހިކަލް މަޑުވީ ގަހެއްގައި ޖެހިގެންނެވެ. ވެހިކަލް ގަހުގައި ޖެހުމުން ފައިބައި ފިލަން ދުވިތަން ބެލެނިވެރިންނަށް ވަނީ ފެނިފައެވެ.
ބީޖޭޕީން ރޭ ވަނީ 6 އަހަރު ދުވަހަށް ޕާޓީގެ މެންބަރުކަމުން އޭނާ ސަސްޕެންޑްކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ އޭނާ ސަސްޕެންޑް ކުރުމަކީ އަނިޔާލިބުނު މީހުންނަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށެވެ.