"ލީނާ" ޝޫޓުކޮށް ނިންމާލައިފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
"ލީނާ" ޝޫޓުކޮށް ނިންމާލައިފި
ދިވެހި ފިލްމީތަރި އަބްދުﷲ މުއާޒް ޑައިރެކްޓުކުރާ ފީޗާ ފިލްމު "ލީނާ" ގެ ޝޫޓިން އއ. އުކުޅަހުގައި ނިންމާލުމަށްފަހު "ލީނާ ޓީމް" މިދިޔަ އާދީއްތަ ދުވަހު މާލެ އަތުވެއްޖެއެވެ.

ފިލްމު "ލީނާ" އަކީ މީގެ 17 އަހަރު ކުރިން މުޅި ރާއްޖެ ސިއްސުވާލި އަޒްލީނާ ނަފީސް ގެ މަރުގެ ހާދިސާ އާއި ގުޅޭ ގޮތުން ތައްޔރު ކުރާ ފިލްމެކެވެ. އަޒްލީނާ މަރާލާފައި އޮއްވާ ފެނިފައިވަނީ މާލޭގައި ހުންނަ ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާގެ ފާޚާނާ އެއްގެ ތެރެއިންނެވެ.

މިފިލްމުގައި އަޒްލީނާގެ ރޯލުން ފެނިގެންދަނީ މަރިޔަމް އައްޒަަ އެވެ. އަދި އަޒްލީނާގެ ގާތިލުގެ ރޯލު އަދާ ކޮށްފައިވަނީ "ލީނާ" ގެ ޑައިރެކްޓާ އަބްދުﷲ މުއާޒް (މުއާ) އެވެ.

އައްޒަ އާއި މުއާ ގެ އިތުރުން މިފިލްމުން ފެނިގެންދަނީ އަލީ އާޒިމް (ދޮން އައްޔަ)، ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީމް، އަޙުމަދު ސައީދު، ޒީނަތު އައްބާސް ގެ އިތުރުން މުޙައްމަދު ނިމާލު އެވެ.

ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައިވަނީ އަޙުމަދު ޒަރީރް އެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރަކީ ސައްޔާހު އައްބާސް އެވެ.

މިފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެދުތެރޭގައެވެ.

މިއަދު އޮންލައިން