ޖޭމްސް ބޮންޑް ފިލްމުތަކުގެ ޑައިރެކްޓަރު މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 14ސ
ޖޭމްސް ބޮންޑް ފިލްމުތަކުގެ ޑައިރެކްޓަރު މަރުވެއްޖެ


މަޤުބޫލު ސްޕައި ފިލްމް ސީރީޒެއްކަމަށްވާ 'ޖޭމްސް ބޮންޑް'ގެ ޑައިރެކްޓަރު ލުއިސް ގިލްބަޓު މަރުވެއްޖެއެވެ.

ލުއިސް މަރުވެފައިވާކަން ގެ ދަރިފުޅު ޖޯން ގިލްބަޓް ވަނީ ގިނަ މީޑިއާތަކަށް ކަަށަވަރުކޮށްދީފައެެވެ. ޖޯން ބުނި ގޮތުގައި އޭނާގެ ބައްޕަ މަރުވެފައިވަނީ މޮނާކޯގައި އޭނާ ދިރިއުޅޭ ގޭގައި ނިދާފައި އޮއްވައި ކުއްލި ގޮތަކަށެވެ. ލުއިސް މަރުވިއިރު އޭނާގެ އުމުރުން 97 އަހަރުގައެވެ.

1920 ވަނަ އަހަރުގައި އިނގިރޭސި ވިލާތުގެ ލަންޑަނަށް އުފަން ލުއިސްގެ ފިލްމީ ކެރިއަރު ފެށީ ޅަ އުމުރެއްގައި ޗައިލްޑް އެކްޓަރެއްގެ ގޮތުގައެވެ. ލުއިސް ޑައިރެކްޓްކޮށްގެން ނެރުނު ފުރަތަމަ ޖޭމްސް ބޮންޑް ފިލްމު ރިލީޒްކޮށްފައިވަނީ 1967 ވަނަ އަހަރުގައެވެ.ލުއިސް ވަނީ 'ޖޭމްސް ބޮންޑް' ފިލްމު ސީރީޒުގެ ތިން ފިލްމެއް ޑައިރެކްޓްކޮށްފައެވެ. އެ ތިން ފިލްމަކީ 'ޔޫ އޮންލީ ލިވްޑް ޓްވައިސް'، 'ދަ ސްޕައި ހޫ ލަވްޑް މީ'، އަދި 'މޫން ރޭކާ' އެވެ.

ޖޭމްސް ބޮންޑް ފިލްމުތަކުގެ އިތުރުން ލުއިސް ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 'އަލްފީ' ހިމެނެއެވެ. 1966 ވަނަ އަހަރުގައި ރިލީޒްކުރި މި ފިލްމު ވަނީ ފަސް ފަހަރެއްގެ މަތިން އޮސްކާ އެވޯޑްސްއަށް ވެސް ނޯމިނޭޓް ވެފައެވެ.
ލުއިސް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2002 ވަނަ އަހަރު ރިލީޒްކުރި 'ބިފޯ ޔޫ ގޯ' އެވެ.


މިއަދު އޮންލައިން