ސީރިޔާގަ ޙާލުގަ ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދޭ މީހުން އަންހެންކުދިންގެ އިއްފަތަށް އަރައިގަންނަ މައްސަލަތައް އިތުރުވަނީ
ސީރިޔާގައި ހާލުގައި ޖެހިފައި ތިބި ނިކަމެތި ރައްޔިތުންނަށް އދ އާއި އެހެން ވެސް ޖަމާއަތްތަކުން ދޭ އެހީ ރައްޔިތުންނަށް ފޯރުކޮށްދޭ މީހުން އަންހެންކުދިންގެ އިއްފތަށް އަރައިގަންނަ މައްސަލަތައް އިތުރުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ޖަމިއްޔާއަކުން ބުނެފައިވަނީ ކާއެތކޮޅެއް ލިބޭނަމަ އަގެއްގެ ގޮތުން އެކުދިންގެ ހަށިތައް ދެނީ ހައިހޫނުކަން ބޮޑުވެ ކޮންމެ ގޮތަކުން ނަމަވެސް ކާނެ އެއްޗެއް ބޭނުންވާތީ ކަމަށެވެ.
ބީބީސީ އިން ބުނެފައިވަނީ މިއީ މީގެ 3 އަަހރު ކުރިން ފެށުނު ކަމެއް ކަމަށާއި މިހާރު މިމައްސަލަ ވަނީ އަތް ނުފޯރާ ހިސާބުގައި ކަމަށެވެ.
ޤައުމެއްގައި ހައިހޫނުކަން ޢާންމުވެއްޖެނަމަ މިފަދަ އިޖުތިމާޢީ އަދި ދީނީ މައްސަލަތައް ޢާންމުވެގެންދިއުމަކީ އަބަދުވެސް މެދުވެރިވާ ކަމެކެވެ. ރައްޔިތުންގެ ނިކަމެތިކަމުގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ ބައަކު އަބަދުވެސް އުޅޭނެއެވެ.