ބަނޑުގަ ރިއްސަން ފެށުމުން ޓެކްސީއެއް ހޯދަން ނުކުތް އަންހެނަކު މަގުމައްޗަށް ވިހައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
ބަނޑުގަ ރިއްސަން ފެށުމުން ޓެކްސީއެއް ހޯދަން ނުކުތް އަންހެނަކު މަގުމައްޗަށް ވިހައިފި
ބަނޑުގައި ރިއްސަން ފެށުމުން އަވަހަށް ހޮސްޕިޓަލަށް ދިއުމަށްޓަކައި ޓެކްސީއެއް ހޯދަން ނުކުތް އަންހެނަކު މަގުމައްޗަށް ވިހައިފިއެވެ.

ލަންޑަންގެ އުތުރު ސަރަހައްދުގައި އިއްޔެ ހެނދުނު ހިނގި މިހާދިސާގައި އަންހެން މީހާ މަގުމަތީގައި ވިހެއި އިރުވެސް ދިއައީ ސްނޯ ފައިބަމުންނެވެ.



ބަރުދަނުގައި 4.6 ކިލޯ ހުރި މިކުއްޖާއަށް ޢާއިލާއިން ދިން ނަމަކީ ސިއެނާއެވެ. ނަމަވެސް ޚަބަރު މީޑިއާގައި ހާމަވުމުން ސޯޝަލް މީޑިއާގައި ދީފައިވާ ނަމަކީ ސްނޯގާލްއެވެ.

ޑެނިއެއްލާ ވިހެއުމަށް އެހީތެރިވީ އޭނާގެ ފިރިމީހާއެވެ.
މިއަދު އޮންލައިން