ޗައިނާގެ އިޤްޠިޞާދަށް ގެއްލުންވާނެ ކަމެއް އެމެރިކާއިން ކުރާނަމަ ބަލަން ނޯންނާނެ ކަމުގެ އިންޒާރު ޗައިނާއިން ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ޗައިނާގެ އިޤްޠިޞާދަށް ގެއްލުންވާނެ ކަމެއް އެމެރިކާއިން ކުރާނަމަ ބަލަން ނޯންނާނެ ކަމުގެ އިންޒާރު ޗައިނާއިން ދީފި

ޗައިނާގެ އިޤްޠިޞާދަށް ގެއްލުންވާނެ އެއްވެސް ކަމެއް އެމެރިކާއިން ކުރާނަމަ ބަލަން ނޯންނާނެ ކަމުގެ އިންޒާރު ޗައިނާއިން ދީފިއެވެ. ޗައިނާ އިން މިމޭރުމުން ބުނެފައިވަނީ އެމެރިކާއަށް ޗައިނާއިން އެތެރެކުރާ ދަގަނޑާއި އެލްމިނިޔަމުން އިތުރު ޑިޔުޓީ އެއް ނަގަން އެމެރިކާއިން މަސައްކަތް ފެށުމާއި ގުޅިގެންނެވެ.

ޗައިނާއިން ބުނެފައިވަނީ މިއުޅެނީ އެމެރިކާ އާއިއެކު ވިޔަފާރީގެ ހަނގުރާމައެއް ފަށަން ނޫން ކަމަށާއި ނަމަވެސް ޗައިނާގެ ވިޔަފާރިއަށް އެއްވެސް ގެއްލުމެއް ލިބޭތަން ބަލަން ޗައިނާ މަޑުން ނުއޮންނާނެ ކަމަށެވެ.

ޗައިނާގެ ރައީސް ޒީ ޖިންޕިން އަށް އެމަނިކުފާނު ބޭނުންފުޅުވާހައި މުއްދަތަކަށް ޗައިނާގެ ރައީސް ކަމުގައި ހުންނެވޭ ގޮތަށް ޤާނޫނަށް ބަދަލުގެންނަން އުޅޭތީ ރައީސް ޓްރަމްޕް ވަނީ އެކަމަށް މަރުޙަބާ ކިޔައިފައެވެ. ޓްރަމްޕް ބުނީ ރައީސް އަކީ އެކަމަށް ވަރަށް ޤާބިލު ބޭފުޅެއް ކަމަށެވެ.
މިއަދު އޮންލައިން