ޗައިނާއިން ހައްޔަރުކުރި ޕާކިސްތާނުގެ މީހުންގެ 50 އަށްވުރެ ގިނަ އަނބިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޗައިނާއިން ހައްޔަރުކުރި ޕާކިސްތާނުގެ މީހުންގެ 50 އަށްވުރެ ގިނަ އަނބިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
ޗައިނާއިން ހައްޔަރުކުރި ޕާކިސްތާނުގެ މީހުންގެ 50 އަށްވުރެ ގިނަ ޗައިނާ އަނބިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޗައިނާގެ މި އަންހެނުންތައް ހައްޔަރުކޮށްފައިވަނީ ޒިންޖިއާން ޕްރޮވިންސުގައެވެ.

ޒިންޖިއާން ޕްރޮވިންސާއި ޕާކިސްތާނާއި ވިޔަފާރީގެ ގޮތުން ގާތް ގުޅުންތަކެއް އޮވެއެވެ. އެހެންކަމުން ދެ ޤައުމުގެ މީހުން ގިނަގިނައިން އަނެއް ޤައުމަށް ޒިޔާރަތް ކުރެއެވެ. މިކައިވެނިތައް ކޮށްފައިވަނީ އެގުޅުމުގެތެރެއިންނެވެ.

ޕާކިސްތާނުން ބުނަމުންދަނީ މައިން ހައްޔަރުކޮށްފައި ތިބުމުން ދަރިންނަށް ވެސް ވަނީ ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިފައި ކަމަށާއި ދަރިންނަށްޓަކައިވެސް މައިން ސަލާމަތްކުރަންޖެހޭ ކަމަށެވެ.

ޕާކިސްތާނުން ބުނެފައިވަނީ އަންހެނުންތައް ހައްޔަރުކޮށްފައިވަނީ އެމީހުންގެ ދަރިންނާއިއެކު ޗައިނާއަށް ދިއުމުން ކަމަށެވެ.
މިއަދު އޮންލައިން