ކުއްޔަށް އުޅޭ އަންހެނަކު ގޭގެ ވެރިފަރާތާ ޖިންސީ ގުޅުން ހިންގަން ދެކޮޅު ހެދުމުން އަލިފާން ރޯކޮށް އަންދާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ކުއްޔަށް އުޅޭ އަންހެނަކު ގޭގެ ވެރިފަރާތާ ޖިންސީ ގުޅުން ހިންގަން ދެކޮޅު ހެދުމުން އަލިފާން ރޯކޮށް އަންދާލައިފި
ކުއްޔަށް އުޅޭ އަންހެނަކު ގޭގެ ވެރިފަރާތާ ޖިންސީ ގުޅުން ހިންގަން ދެކޮޅު ހެދުމުން އަލިފާން ރޯކޮށް އަންދާލައިފި އެވެ.

އިންޑިއާގެ ކޯޓާގައި ހިންގި މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ 31 އަހަރުގެ ފިރިހެނަކު އޭނާގެ އިމާރާތުގައި ފިރިމީހާ އާއިއެކު ދިރިއުޅެމުން އައި 35 އަހަރުގެ އަންހެނެކަށް ގޮވައި އޭނާ އާއީއެކު ޖިންސީ ގުޅުން ހިންގަން އެދުމުން އަންހެން މީހާ އެކަމަށް ދެކޮޅު ހެދުމުން ކަރާސީނު ތެޔޮ ޖަހައި އޭނާގެ ގައިގައި އަލިފާން ރޮކޮށްލީ ކަމަށެވެ.

ފުލުހުން ބުނީ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިއުމުން މަރުވުމުގެ ކުރިން ކަންހިނގައިދިއަ ގޮތް ކިޔައިދީފައިވާ ކަަމަށެވެ. ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަޙްޤީޤް ކުރުމަށް ކޯޓުން ދީފައިވަނީ 5 ދުވަހުގެ މުއްދަތެކެވެ.

ގޭގެ ވެރިމީހާ އަތުލައިގަތީ ފިލަން އުޅެނިކޮށް ރޭލްވޭ ސްޓޭޝަނުންނެވެ.
މިއަދު އޮންލައިން