މުސްލިމުންގެ މިއަދުގެ ޙާލަތު: މަރުވީމާވެސް ލާންޖެހެނީ ބުދުޖެހި ގޯންޏަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މުސްލިމުންގެ މިއަދުގެ ޙާލަތު: މަރުވީމާވެސް ލާންޖެހެނީ ބުދުޖެހި ގޯންޏަކަށް!
ޚަބަރުގައިވާ ފޮޓޯއިން ފެންނަނީ ސީރިޔާގައި މިއަދު ކަންކަން ހިނގަމުންދާ ގޮތެވެ. ބޮން އަޅައިގެންނާއި ބަޑިޖަހައިގެން ކޮންމެ ދުވަހަކު އެގެންދަނީ އެތައް ބައިވަރު ބައަކު މަރަމުންނެވެ. މުސްކުޅިންނާއި ނުކުޅެދޭ މީހުންނާއި ކުޑަކުދިންވެސް ހިމެނޭ ގޮތަށެވެ.

މަރުވުމުން ދެން މިފެންނަނީ ބުދުޖެހި ގޯންޏަކަށްލާފައި މަގުމަތީގައި ބާއްވާތަނެވެ. ވަޅުލަން ސަހަރާއަށް ގެންދިއުމަށްޓަކައެވެ. އދގެ ލޯގޯޖެހި ގޯނި ގޯންޏަށް ލަނީ މަރުވެފައި އޮއްވާވެސް ހަމަލާއެއް ދީފާނެ ކަމަށެވެ. ހަމަލާދޭ ބައަކަށް އެއީ އދގެ ދަށުގައިވާ ހަށިގަނޑެއްކަން އެންގުމަށެވެ.

އެމެރިކާ އާއި ރަސިއާގެ މެދުގައި ދެ ޤައުމުން އުފައްދާ ހަތިޔާރުގެ މޮޅުކަން ދައްކައި ޕްރަމޯޓުކުރުމުގެ ހަނގުރާމައިގައި ސީރިޔާގެ ރައްޔިތުންގެ ބޮލަށް ކޮންމެ ދުވަހަކު ބޮންތައް އޮއްސަމުން ގެންދަނީ އެއްވެސް ބެލުމެއް ނެތިއެވެ.

މަރުވުމުން ޖަނާޒާގެ ކަންކަން ވެސް ކުރިއަށް ގެންދަން ޖެހިފައިމިވަނީ އދ އަށެވެ. އަރަބި ޤައުމުތަކަށް މާތް ﷲ ދެއްވެވި މުއްސަނދިކަމުގައި އުންމަތުގެ ވެރިން ގެންދަވަނީ އުދުހިވަޑައިގަންނަވަމުންނެވެ.
މިއަދު އޮންލައިން