ސައުދިއަރަބިޔާގައި މަސައްކަތްކުރާ އިންޑިއާ ދެމަފިރިއަކު އެނބުރި ޤައުމަށް އަންނަމުން ބުޅަލެއް ގެނައުމުން އަނބުރައި ބުޅާ ފޮނުވާލަން އަންގައިފިއެވެ.
މިމަހުގެ 2 ވަަނަ ދުވަހު ދެމަފިރިން ކޯޗީގެ އެއާޕޯޓަށް ބުޅަލާއިއެކު ފެއިބުމުން ބުޅާ ހައްޔަރުކޮށް ހަމަ އެ ފްލައިޓުން އަނބުރާ ފޮނުވާލަން އެންގީ އެފަދަ ޖަނަވާރާއިއެކު ގެންނަންޖެހޭ ލިޔުންތައް ގެނެސްފައި ނުވުމުން ކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑިއާގައި ބުޅާ ފަދަ ޖަނަވާރު އެތެރެކުރެވެނީ އެކަމަށް ޚާއްޞަ އެއާޕޯޓްތަކަކުންނެވެ. ކޯޗީ އެއާޕޯޓަކީ އެފަދަ އެއާޕޯޓެއް ނޫނެވެ. އެގޮތަށް ހަމަޖައްސާފައިވަނީ ޖަނަވާރު އެތެރެކުރުމުގެ ކުރިން ބަލަން ޖެހޭ ޚާއްޞަ ބެލުންތަކެއް ހުންނާތީއެވެ.
ރާއްޖޭގެ ގިނަ ބައަކުވެސް ބުޅާ ގެންގުޅޭއިރު މިއީ ސަމާލުކަން ދިނުން ރަނގަޅު ކަމެއްކަން ފާހަގަކުރެވެއެވެ.