ލޯބިން ކައިވެނިކުރުމުން އަވަށުގެ މަގުތަކުގައި ހިންގައި މަގުމަތީގަ ހުންނަ ކުޅު ބޯން ކޯޓުން ޖައްސުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ލޯބިން ކައިވެނިކުރުމުން އަވަށުގެ މަގުތަކުގައި ހިންގައި މަގުމަތީގަ ހުންނަ ކުޅު ބޯން ކޯޓުން ޖައްސުވައިފި
އިންޑިއާގެ ބިހާރުގެ ދެ ޒުވާނަކު ލޯބިން ކައިވެނިކުރުމުން އަދަބެއްގެ ގޮތުން މަގުތަކުގައި ހިންގުވައި ފުރައްސާރަކުރުމާއިއެކު މަގުމައްޗަށް ޖަހާފައި ހުންނަ ކުޅު ބޯން ޖައްސުވަން އަވަށުގެ ކޯޓުން ޙުކުމްކުރުމުން އަދަބު ތަންފިޒުކޮށްފިއެވެ.

ދެ ކުދިންގެ ޢާއިލާއިން ބުނީ ކައިވެނި ކުރުމާއިމެދު އެމީހުންގެ މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ކޯޓުގެ ޙުކުމާއިމެދު ބުނާނެ އެއްޗެއް ނެތް ކަމަށެވެ. ނަމަވެސް ކޯޓުން ބުނީ ދެ ޒުވާނުން އެމިހުންގެ ޘަޤާފަތް މުގުރައިލީ ކަމަށެވެ.

ފުލުހުން ބުނީ ކޯޓުގެ އަމުރަކާމެދު ފުލުހުންނަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
މިއަދު އޮންލައިން