މިޞްރުގައި ތިބި ކްރިސްޓިއަން ދީނުގެ ބޮޑުންނަށް ސައުދިއަރަބިޔާއަށް ދައުވަތުދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
މިޞްރުގައި ތިބި ކްރިސްޓިއަން ދީނުގެ ބޮޑުންނަށް ސައުދިއަރަބިޔާއަށް ދައުވަތުދީފި
މިޞުރުގައި ތިބި ކްރިސްޓިއަން ދީނުގެ ބޮޑުންނަށް ސައުދިއަރަބިޔާއަށް ދިއުމަށް ދައުވަތު ދީފިއެވެ. ދައުވަތު ދެއްވީ މިޞްރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އެވެ.

މުޙައްމަދު ބިން ސަލްމާން މިޞުރުގެ ބޮޑު ފައްޅިއަށް ވަޑައިގަތުމުން ސަލިބީ ބޮޑުން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވައި ޝުކުރު އަދާކޮށްފައެވެ. މުޙައްމަދު ބިން ސަލްމާން ވަނީ ފައްޅި ބައްލަވައިލައްވައިފައެވެ.

މިއީ ސައުދިއަރަބިޔާގެ މިފަދަ ވެރިއަކު އެ ފައްޅިއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރު ކަމަށް މިޞުރުގެ ނޫސްތަކުން ބުނެއެވެ.

މުޙައްމަދު ބިން ސަލްމާން މިޞުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ވަނީ ދެ ޤައުމުގެ ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރުކުރުމަށް މަޝްވަރާކުރައްވައިފައެވެ.
މިއަދު އޮންލައިން