ޣައިރު މުސްލިމުންގެ ފާފަ ފުއްސެވުން އެދި ދުޢާ ކުރުމަކީ ޙަރާމް ކަމެއް

ކިޔުމަށް ހޭދަވާނީ 1މ 25ސ
ޣައިރު މުސްލިމުންގެ ފާފަ ފުއްސެވުން އެދި ދުޢާ ކުރުމަކީ ޙަރާމް ކަމެއް
ޣައިރު މުސްލިމުންގެ ފާފަ ފުއްސެވުމަށް އެދި މުސްލިމުން ދުޢާ ކުރުމަކީ، އިސްލާމް ދީނުގައި ޙަރާމް ކަމެއްކަމަށް ސައުދީ އަރަބިއާގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޝެއިޚު ޑރ. އަލް-ޣަމީދީ ވިދާޅުވެއްޖެއެވެ.

ޝެއިޚް ޣަމީދީ ދެއްވި ފަތުވާއެއްގައި، މިދިޔަ ހަފްތާގައި މަރުވި ބޮލީވުޑްގެ މައްޝޫރު ފިލްމީތަރި ޝްރީދޭވީގެ މަރާއި ބެހޭ ގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.

ޝެއިޚް ވިދާޅުވެފައިވަނީ، ޝްރީދޭވީ އަކީ ޣައިރު މުސްލިމަކަށްވީ ހިނދު އޭނާގެ މައްޗަށް މުސްލިމުން ދުޢާ ނުކުރެއްވުމަށެވެ. އަދި އެއީ އިސްލާމްދީނުގައި ޙަރާމް ކަމެއް ކަމަށް ވެސް ޝެއިޚް ވިދާޅުވެފައިވެއެވެ.

އޭގެ ސަބަބެއްކަމުގައި ޝެއިޚް ޣަމީދީ ވިދާޅުވެފައިވަނީ، މާތް ﷲ އީ އަޅުކަން ކުރުން ޙައްޤު ވެގެންވާ އިލާހު ކަމަށާއި އެކަލާނގެ ފިޔަވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް ޣައިރު މުސްލިމުން ޤަބޫލު ނުކުރާހިނދު، އެފަދަ ބަޔަކަށްޓަކައި ހެޔޮ ދުޢާ ކުރުމަކީ މުސްލިމުންގެ މައްޗަށް ޙަރާމް ކަމެއް ކަމަށެވެ.

މީގެއިތުރުން ޝެއިޚް ވިދާޅުވެފައިވަނީ، ޣައިރު މުސްލިމަކު މަރުވުމުން، އޭނާއަށް ހެޔޮ ދުޢާކޮށް އޭނާގެ މައްޗަށް ރަޙުމްކޮށް ނަރަކައިގެ އަޒާބުން އޭނާ ސަލާމަތް ކުރެއްވުމަށް އެދި ދުޢާ ކުރެއްވުން، މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) އަށްވެސް ނަޙީ ކުރެއްވިކަމަށް ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ކަމަށެވެ.

އެންމެ ކުޑަމިނުން "ރެސްޓް-އިން-ޕީސް" އޭ ވެސް އެފަދަ މީހަކަށް ނުބުނުމަށް ޝެއިޚް ވިދާލުވެފައިވެއެވެ. ޝެއިޚް ޣަމީދީ ވިދާޅުވެފައިވަނީ މާތް ﷲ އަށް އުރެދި، އެކަލާނގެއަށް ޝިރުކު ކޮށްފައިވާ މީހުން، ނަރަކައިން ސަލާމަތް ކުރުމަށް އެދި އެފަދަ މީހުންނަށް ރަޙުމު ކުރުމަށް އެދުމަކީ ޙަރާމް ކަމެއް ކަމަށެވެ.

މިއަދު އޮންލައިން