ބޮންތައް އަޅަމުންދާވަރުން ހީވަނީ މުޅި ދުނިޔެ ނިމެނީހެން- ސީރިއާ ރައްޔިތެއް

ކިޔުމަށް ހޭދަވާނީ 1މ 13ސ
ބޮންތައް އަޅަމުންދާވަރުން ހީވަނީ މުޅި ދުނިޔެ ނިމެނީހެން- ސީރިއާ ރައްޔިތެއް
އުތުރު ސީރިއާގެ ޣޫޠާ އަށް ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން، އެތައް ސަތޭކަ އަންހެނުންނާއި ފިރިހެނުންގެ އިތުރުން ތުއްތު ކުދިންނާއި ކުޑަ ކުދިންވެސް ގަތުމުވަމުން ދިޔުމުގެ ސަބަބުން، އެޤައުމަށް ވަނީ ނާމާންކަމާއި ބިރުވެރިކަން ވެރިވެގެންފައެވެ.

ރެއާއި ދުވާލު އެޤައުމަށް ދެމުން ގެންދާ ބޮމުގެ ހަމަލާތައް އެޤައުމުގެ ގިނަ މީހުން މިހާރު ސިފަކުރަނީ، ދުނިޔޭގެ ނިމުން ކަމުގައެވެ.

އެތައް ސަތޭކަ މައިންނާއި ބަފައިން، އެމީހުންގެ ތުއްތު ދަރިންގެ ފުރާނަ ނެތް މަސްގަނޑު އުރައިގެން، އިންސާފު ލިބުމަށް އެދި ރޮމުން އާދޭސް ކުރަމުން ދާއިރު، އަނެއްބައި މައިންބަފައިން ބަލަނީ ދުނިޔޭގައި ތިބި އެމީހުންގެ ދަރިން ވީއެންމެ އަވަހަކަށް ސަލާމަތުގެ އައްސޭރިއާއި ހަމައަށް ފޯރު ކޮށްދެވޭތޯއެވެ.

ރަޝިއާ އިން ސީރިއާ އަށް މިސައިލުގެ ހަމަލާތަކާއި ބޮމުގެ ހަމަލާތައް ދެމުން ގެންދަނީ އާންމުން ދިރިއުޅޭ ސަރަޙައްދެއްތޯ ވެސް ބަލާނުލައެވެ.

ސީރިއާ ގެ ޣޫޠާގެ ރައްޔިތުންގެ އާދޭސްތަކަށް ދުނިޔޭގެ ނުފޫޒުގަދަ ބޮޑެތި ޤައުމުތަކުން ބީރު ކަންފަތެއް ދެމުން ގެންދާ ނަމަވެސް، އެޤައުމަށް ލިބެމުންދާ ހަމަލާތަކާއި، އެޤައުމުގެ ރައްޔިތުން އުފަލަމުން އެގެންދާ ވޭންތައް ފެނުމުން، ހިތާމައިން ހިތް ފަޅައިގެން ދާވަރުވެއެވެ.

މިއީ ވެސް އެފަދަ އެއް ވީޑިއޯ އެކެވެ.ދުނިޔޭގެ އިންސާނީ ޙައްޤުތަކާއި ބެހޭ ޖަމިއްޔާ އަށް މިފަދަ ވީޑިއޯތަކާއި މަންޒަރުތައް ފެންނައިރުވެސް، މިކަމާއިމެދު ފިޔަވަޅެއް އަޅަން މަޑުޖެހެނީ ކީއްވެބާއޭ ހިތައް އަރައެވެ.


މިއަދު އޮންލައިން