ޣޫތާއަށް ބޮން އަޅައި މެރި މީހުންގެ އަދަދު 800 އަށްވުރެ ގިނަވެއްޖެ
ބަޝާރުލްއަސަދާއި ރަސިއާ ގުޅިގެން ސީރިޔާގެ ޣޫތާއަށް ދެމުން ގެންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 800 އަށްވުރެ ގިނަވެއްޖެއެވެ.
އިންސާނީ ހައްޤުތައް ހިމާޔަތްކުރަން މަސަްއކަތްކުރާ ޖަމިއްޔާއިން ބުނީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ބޮން އަޅައި މެރި މީހުންގެ ތެރޭގައި 178 ކުޑަކުދިން ހިމެނޭ ކަމަށެވެ.
ޣޫތާއަށް ހަމަލާދޭން ސިފައިން އުފުލަން ހަރަކާތްތެރިވި ރަސިއާގެ ބޯޓެއް ވެއްޓި އަންގާރަ ދުވަހު ވަނީ 39 މީހުން މަރުވެފައެވެ.