މުހައްމަދު ބިން ސަލްމާން އާ މޭ ބައްދަލުކުރާ ވަގުތު މުޒާހަރާކުރަން ނިންމައިފި
ރަސްމީ ދަތުރުފުޅެއްގައި ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އިނގިރޭސިވިލާތަށް ވަޑައިގެން ބޮޑުވަޒީރު މޭ އާއިއެކު ބާއްވަވާ ރަސްމީ ބައްދަލުވުން ކުރިއަށް ގެންދަވާއިރު މުޒާހަރާޖކުރަން ނިންމައިފިއެވެ.
ސައުދިއަރަބިޔާ އާއި އަދި އިނގިރޭސިވިލާތާއި ދެކޮޅަށް ކުރިއަށް ގެންދާ މި މުޒާހަރާއަކީ ސައުދިއަރަބިޔާ އިން ޔަމަނުގައި ކުރިއަށް ގެންދާ ގެންދާ ހަނގުރާމަތަކާއި ދެކޮޅަށް އަޑުއުފުލަން ކުރިއަށް ގެންދާ މުޒާހަރާއެކެވެ.
މިފަދަ މުޒާހަރާއެއް ކުރަން ނިންމީ ޔަަމނު ހަނގުރާމައިގައި 10،000 އަށްވުރެ ގިނަ މީހުން މަރުވެފައިވުމާއި އެތައް މިލިއަން މީހުން ހާލުގައި ޖެހިފައި ތިބުމުންނެވެ. އެކަމުގެ ޒިންމާ ދެ ޤައުމުން ވެސް އުފުލަންޖެހޭނެ ކަމަށް ބުނެ ކުރާ މުޒާހަރާ ކުރިއަށް ގެންދަން ފުލުހުން ހުރަހެއް ނުއަޅާނެ ކަމަށް ވަނީ ބުނެފައެވެ.