ރަޖަސްތާނުގައި ޒުވާނެއްގެ ފިހިފައިވާ ހަށިގަނޑެއް ފެނިއްޖެ، އޭނާގެ ރަހުމަތްތެރިޔާ ވެސް ވަނީ މަރާލެވިފައި
އިންޑިއާގެ ރަޖަސްތާނުގެ އަލްވަރު ޑިސްކްރިޓްގައި ޒުވާނެއްގެ ފިހިފައިވާ ހަށިގަނޑު ފެނިއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިއްޔެގެ ވަގުތެއްގައި ފެނިފައިވަނީ އުމުރުން 17 އަހަރުގެ އަޖޭ ޖަތާވްގެ ހަށިގަނޑެވެ. ރަޖަސްތާނުގެ އަލްވަރު ޑިސްކްރިކްޓްގެ ޕޫލް ބާގް ބަގީޗާ ކައިރިން އޭނާގެ ހަށިގަނޑު ފެނުނުއިރު، މުޅި ހަށިގަނޑު ފިހިފައިވާކަމަށާއި އޭނާ އޮތީ މަރުވެފައިވާކަމަށް އިންޑިއާގެ ފުލުހުންނާ ހަވާލީދީ އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ހުއްޓެވެ.
އަޖޭގެ ކުރިން މިދިޔަ ހޮނިހިރު ދުވަހުގައި އަޖޭގެ ގާތް ރަހުމަތްތެރިޔެއްކަމަށްވާ އުމުރުން 16 އަހަރުގެ ނީރަޖު ޖަތާވްގެ ވެސް މަރުވެފައިވާ ހަށިގަނޑު ފެނިފައިވެއެވެ. މި ދެ މަރާ އެއްވެސް ގުޅުމެއްވޭތޯ އިންޑިއާގެ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
މި ދެ ޒުވާނުންގެ މަރާ ގުޅިގެން އަޖޭގެ އާއިލާގެ 8 މީހެއްގެ މައްޗަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވާކަމަށް އިންޑިއާގެ ފުލުހުން މީޑިއާތަކަށް ރިޕޯޓްކޮށްފައިވެއެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން، މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އަޖޭ އަމިއްލައަށް މަރުވާން ވެސް މަސައްކަތްކޮށްފައިވާކަމަށް އޭނާގެ އަވަށްޓެރިން ތުހުމަތުކޮށްފައިވާކަަމަށެވެ.