ވިޔަފާރިން ހަމަލާދީގެން އެއްވެސް ޤައުމަކަށް ކުރިއެރުން ލިބިފައެއް ނެތް: އައިއެމްއެފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ވިޔަފާރިން ހަމަލާދީގެން އެއްވެސް ޤައުމަކަށް ކުރިއެރުން ލިބިފައެއް ނެތް: އައިއެމްއެފް
ވިޔަފާރިއަށް ހުރަސްއަޅައި ވިޔަފާރިން ހަމަލާދީގެން އެއްވެސް ޤައުމަކަށް ކުރިއެރުން ހޯދިފައި ނެތް ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓީން ލެގާޑޭ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިމޭރުމުން ވިދާޅުވީ އެމެރިކާގެ އުފެއްދުންތަކަށް މާކެޓް ހޯދުމުގެ ބޭނުމުގައި އެމެރިކާއިން އިމްޕޯޓް ޓެރިފްތަކަށް ބޮޑެތި ބަދަލުތައް ގެނެސް އެހެން ޤައުމުތަކުގެ ވިޔަފާރިތަކަށް ހުރަސްއަޅަމުން ގެންދާތީ އެކަން ފާހަގަކުރައްވައެވެ.

ޔޫރަޕުން އެމެރިކާއަށް އެތެރެކުރާ ކާރުފަދަ ތަކެތީގެ ޑިޔުޓީ އެތައް ގުނައަކަށް ބޮޑުކޮށްފައިވާއިރު ޗައިނާއިން އެތެރެކުރާ އެލްމިނިޔަމާއި ދަގަނޑުގެ ޑިޔުޓީ ވެސް މިހާރު ވަނީ އެމެރިކާއިން ބޮޑުކޮށްފައެވެ. މިކަމާއި ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުން ގެންދަނީ އެމެރިކާއަށް ފާޑުކިޔަމުންނެވެ.

ލެގާޑޭ ވިދާޅުވެފައިވަނީ "މެކްރޯ- އިކޮނޮމިކް އިމްޕެކްޓް" އަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދުނިޔޭގެ ގިނަ ޤައުމުތަކަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

ޓްރަމްޕް ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް އެހެން ޤައުމުތަކަށް އެމެރިކާގެ ނުފޫޒު ހިންގުމަށް ކަމަށާއި މިފަދަ ފިޔަވަޅުތަކަކީވެސް އެގޮތުން އަޅާ ފިޔަވަޅުތައް ކަމަށް ބުނެ އެހެން ޤައުމުތަކުން ގެންދަނީ އެމެރިކާއަށް ފާޑުކިޔަމުންނެނެވެ.
މިއަދު އޮންލައިން