ލަންކާގަ މުސްލިމުންނަށް ދޭ ގެއްލުންތަކުގެ ފަހަތުގަ އޮތީ އިޒްރޭލް!
ސްރީ ލަންކާގެ ޕާލަމެންޓުގައި ތިބި މުސްލިމު މެންބަރުން ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފިކަމަށް ޚަބަރު ލިބިއްޖެއެވެ.
ބޮޑުވަޒީރުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައިވަނިކޮށް މުސްލިމް މެންބަރުން މިގޮތަށް ނިންމީ މުސްލިމުންނާއި ދެކޮޅަށް ހާމުދުރުން ދާޚިލީ ހަނގުރާމައެއް ފަށާފައިވާއިރު އެކަން ހުއްޓުވަން ސަރުކާރުން އެއްވެސް ފިޔަވަޅެއް ނުއަލާތީ ކަމަށް ބުނެއެވެ.
ލަންކާގައި އިސް ދީނީ ޢިލްމުވެރިން އިއްޔެ ވަނީ ރައީސް ސިރިސޭނަ އާއި ބައްދަލުކޮށްފައެވެ. ސިރިސޭނަ ދެއްކީ ވެސް ދަގަނޑު ސޫކީ ދަްއކާ ޒާތުގެ ވާހަކަތަކެކެވެ. ސިރިސޭނަ ބުނީ ުސްލިމުންނަށް ގޯނާކުރުން ހުއްޓުވުމަށާއި މިސްކިތްތައް އެންދިއަ ނުދިނުމަށާއި މުސްލިމުންގެ މުދާ ހިމާޔަތް ކުރުމަށް ސިފައިންނަށް އަމުރުކޮށްފައިވާނެ ކަމަށާއި އެކަން ސިފައިން ނުކުރަނީ ކަމަށެވެ.
ސްރީލަންކާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތަކަކީ މީގެ 4 އަަހަރުކުރިން ރޭވުންތެރިކަމާއިއެކު ފަށައި ހިންގަމުން ގެންދާ ޖަރީމާ ތަކެކެވެ. މިޖަރީމާތަކުގެ ފަހަތުގައި އޮތީ އިޒްރޭލުކަން ސާބިތުވާ ހެކިތައް ވެސް ވަނީ ލިބިފައެވެ.
ދޭތެރެ ދޭތެރެއިން ހިންގާ މިފަދަ ޖަރީމާތަކުގައި އެންމެ ބޮޑަށް ގެއްލުންދެނީ މިސްކިތްތަކަށާއި މުސްލިމުންގެ މުދަލަށެވެ. މިފަހަރުވެސް ފެނިގެން ގޮސްފައި ވަނީ ހަމަ މިފަދަ ކަންތައްތަކެކެވެ.
ސްރީލަންކާގައި މުސްލިމުންނާއި ދެކޮޅަށް މިވަގުތު ކުރިއަށް ގެންދާ ހަމަލާތައް އެންމެ ބޮޑަށް ދެމުން ގެންދަނީ ކެންޑީގައެވެ. ކެންޑީގައި މިއަދުވެސް ވަނީ ކަރފިޔު ހިންގައިފައެވެ. ނަމަވެސް ފުލުހުންނާއި ސިފައިން އެއްބާރުލުން ދޭތީ ކަރިފިޔުއަށް އަމަލުނުކޮށް ގެންދަނީ މުސްލިމުންނަށް ގެއްލުންތައް ދެމުންނެވެ.