ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހާމަ ކުރަނީ ކޯޓު އަމުރެއްގެ ދަށުން- ދިރާގު

ކިޔުމަށް ހޭދަވާނީ 1މ 14ސ
ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހާމަ ކުރަނީ ކޯޓު އަމުރެއްގެ ދަށުން- ދިރާގު
ދިވެހި ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ މުއާސަލާތީ ޚިދުމަތް ދެމުން އަންނަ ދިރާގު ގެ، ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހާމަ ކުރަނީ ޤާނޫނު ކަނޑައަޅާފައިވާ ގޮތުގެ މަތީން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށް އެކުންފުނިން ބުނެފިއެވެ.

ދިރާގުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކުންފުނިން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ކޯޓު އަމުރެއްގެ ދަށުން ނުވަތަ ޤާނޫނުގައި ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން ނޫނީ އެހެން ފަރާތަކަށް ހިއްސާ ކޮށްފައި ނުވާނެ ކަމަށެވެ. އަދި ކުރި މަގުގައިވެސް ނުކުރާނެ ކަމަށެވެ.

ދިރާގުން އަމަލު ކުރާނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ޢަމަލު ކުރަން ލާޒިމް ކޮށްފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ކޮމިއުނިކޭޝަން އޮތޯރިޓީ އިން ދޫކޮށްފައިވާ ލައިސެންސްގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.

ދިރާގުން މިހެން ބުނީ ސޯޝަލް މީޑިއާ އެކްޓިވިސްޓު ތައްޔިބު ޝަހީމްގެ ދިރާގު ނަމްބަރުގެ އިތުރު ސިމް ކާޑެއް ދިރާގުން ހައްދާފައިވާ ކަމަށް ބުނެ އޭނާގެ ޓްވިޓާ އެކައުންޓުގައި ތުހުމަތު ކުރުމުން، ދިރާގުން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހިއްސާ ކުރަމުންދާ ކަމަށްބުނެ ސޯޝަލް މީޑިއާގައި އެކުންފުންޏާއިމެދު ވާހަކަތައް ދެކެވެމުންދާތީ އެވެ.

ތައްޔިބު ޝަހީމުގެ ސިމްގެ އެކްސެސް މޯލްޑިވްސް ޕޮލިސް ސަރވިސަސް އަށް ދިނުމަށް ކްރިމިނަލް ކޯޓުން ދިރާގު ގެ މައްޗަށް އަމުރު ކުރުމުންކަމަށް ދިރާގު އިން ވަނީ ތައްޔިބު އަށް އަންގާފައެވެ.

މިއަދު އޮންލައިން