ލަންކާގެ ލޯ އެންޑް އޯޑަރ މިނިސްޓަރަކަށް ރަންޖިތް މައްޑުމާ ބަންޑާރަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ލަންކާގެ ލޯ އެންޑް އޯޑަރ މިނިސްޓަރަކަށް ރަންޖިތް މައްޑުމާ ބަންޑާރަ
ލަންކާގެ ލޯ އެންޑް އޯޑަރ މިނިސްޓަރަކަށް ރަންޖިތް މައްޑުމާ ބަންޑާރަ ހަމަޖައްސައި މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިމަޤާމަށް އޭނާ އައްޔަނުކޮށްފައިވަނީ މިހާރުވެސް ހުރި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ މަޤާމާއިއެކުގައެވެ. މިހައިތަނަށް ލޯ އެންޑް މިނިސްޓްރީ ވަގުތީ ގޮތުން ބެލެހެއްޓެވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ.

މިފަދަ ބަދަލެއް ސަރުކާރުން މިގެނައީ އެ ޤައުމުގައި ބުދިސްޓުން މުސްލިމުންނާއި ދެކޮޅަށް ފަށާފައިވާ ދާޚިލީ ހަނގުރާމަ އާއި މުސްލިމުންނާއި ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކާއި ގެއްލުންތައް ބޮޑުވެ ދުނިޔޭގެ ކަންބޮޑުވުން އިތުރުވެފައިވާ ވަގުތެއްގައެވެ.
މިއަދު އޮންލައިން