3 މަސްދުވަހަށް 2.9 މިލިއަން ރުޕީސްގެ ކަރަންޓް ބިލެއް ލިބުނު މީހަކަށް ހާޓްއެޓޭކެއްޖެހި މަރުވެއްޖެއެވެ.
އިންޑިއާގެ މިރްޖަޕޫރު އަވަށުގެ ގައިނާ ލާލް ސަހް އަކީ އާމްދަނީ ހޯދަން "ފްލަރ މިލް"އެއް ހިންގާ މީހެކެވެ. ލިބުނު ބިލަކީ ވަރަށް ބޮޑަށް ބޮޑުކޮށްފައި އޮތް ބިލަކަށްވާތީ ކަންބޮޑުވެ ބިލު ލިބުމާއިއެކު އަނބުރައިގަނެގެން ވެއްޓުނުކަމަށްވެއެވެ.
ޢާއިލާއިން ބުނީ ބިލަކީ އިންތިހާއަށް ބޮޑުކޮށްފައި އޮތް ބިލަކަށްވާތީ ބިލު ކުޑަކޮށް ރަނގަޅު އަދަދަށް ބިލެއް ފޮނުވަން ބައްޕަ އައީ އެދެމުން ކަމަށެވެ.
ނަމަވެސް އެކަންކޮށްނުދީ ބިލުގައި އޮތް އަދަދަށް ފައިސާ ދައްކަން އަންގަމުން ގެންދަން ފެށުމުން ބަލިވަމުން ގޮސް ހާޓް އެޓޭކެއް ޖެހުނީ ކަމަށެވެ.
ބޮޑުކޮށްފައި ހުންނަ ކަރަންޓް ބިލް ފޮނުވުމަކީ އިންޑިއާގައި ވަރަށް ޢާންމު ކަމެކެވެ.